ޖާބިރަށްް، ރިއްފަތާއި ފައްޔާޒު ބައްދައެއް ނުލެވުނު

ބިޒްނަސް އިމޭޖު ގުރޫޕަށް ފައިސާ ދޫކުރުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިިލީހަށް ހާޒިރުކޮށް ސުވާލުކުރި އިރު ބިޒްނަސް އިމޭޖު ގުރޫޕަށް ފައިސާ ދޫކުރުމުގައި ރިއްފަތު މަސްލަހަތު ނެތްއިރު އެ ކޮމްޕެނީގައި ފައްޔާޒް އިސްމާއިލްގެ ހިއްސާވެސް މިހާރު ނެތްކަން ހާމަވެއްޖެއެވެ.

ބިޒްނަސް އިމޭޖް ގުރޫޕް (ބިގް) އަށް ފައިސާ ދޭން ލަފާއަރުވާފައި ނުވާނެކަމަށާއި، އެކަން ކުރީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި މިހާރުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު އުޝާމްކަމަށް އެޓާނީ ޖެނެރަލް އިބްްރާހިމް ރިއްފަތު މިއަދު ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ބިގް ގެ މައްސަލަ އިސްތިއުނާފު ކުރުމަކީ ޕީއެސްއެމްއިން ކުރަންޖެހޭ ކަމެއްކަން ވެސް މިއަދު ވަނީ ހާމަވެފައެވެ. އެއީ އެ ކުންފުންޏަކީ އަމިއްލައަށް ގާނޫނީ ކަންކަމުގައި މަސައްކަތް ކުރުމުގެ ބާރު ގާނޫނުން ލިބިފައިވާ ކުންފުންޏަކަށް ވެސް ވާތީއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ ބިގް ހިންގުމުގައި ކުރިން މައްސަލަހަތު އޮތް ނަމަވެސް މިހާރު އޭނާގެ މަސްލަހަތު އެ ކުންފުނީގައި ނޯންނަކަމަށެވެ. އަދި ބިގަށް ފައިސާ ދޭން އެއްވެސް ނުފޫޒެއް ފޯރުވާފައި ނޯންނާނެކަމަށެވެ

ރައްޔިތުންގެ މަޖިލީހުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއްކަމަކީ އެމްޑީޕީގެ ފަރާތުން ހުށަހަޅަފައިވާ އެޖެންޑާ 19 މެނިފެސްޓޯ ގައިވާ ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރުމެެވެ.

ދައުލަތުގެ މީޑިއާ ކުރިން ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްއެންބީސީ) ބިގް އަށް 78 މިލިއަންް ރުފިޔާ ދެއްކުމަށްް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ލަފާއަރުވާފައެވެ. އެއީ ސިވިލްކޯޓުން އެ ފައިސާ ދެއްކުމަށް އަމުރުކޮށްފައިވާތީއެވެ. އޭގެ ތެރެއިން 30 މިލިއަން ރުފިޔާ މިހާރު ދައުލަތުގެ މީޑިއާ ހިންގާ ޕަބްލިކް ސާވިސް މީޑިއާއިންވަނީ ބިގް އަށް މިއަހަރުގެ ފެބުރުއަރީގައި ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު