ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން މަޖިލީހުން ޖޭއެސްސީއަށް ހުށަހަޅަން ނިންމަައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން މަޖިލީހުން ޖޭއެސްސީއަށް ހުށަހަޅަން ނިންމަައިފިއެވެ.

މިގޮތަށް މަޖިލީހުން ނިންމާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި ގަރާރެއް މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.

މީގެ އިތުރުން ވެސް ދެ ހުށަހެޅުމެއް އާޒިމް މިއަދު މަޖިލީހަށް ހުށަހަޅުއްވައި ފާސް ކުރެއްވިއެވެ. އެއީ ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ރިޝްވަތުގެ މައްސަލައެއް އޮތްްނަމަ އެ މައްސަލަ ލަސްނުކޮށް ބެލުމާއި، ސުޕްރީމް ކޯޓުން މަޖިލީހާ ގުޅޭ ގޮތުން މިދިޔަ ހޯމަ ދުވަހާއި އިއްޔެ ނެރުނު އަމުރުން މަޖިލީހުގެ ބާރު ކަނޑުވާލި މައްސަލަ ބެލުމަށެވެ.

އާޒިމް ހުށަހެޅުއްވި ތިން ހުށަހެޅުންވެސް މިއަދު މަޖިލީހުން ވަނީ ފާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު