ރިޔާސީ ކޮމިޝަންތަކަށް ބާރުދޭން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ، ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލު ސަރުކާރުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިބިލް ފާސްކޮށްފައިވަނީ މައަދުގެ މަޖިލިސް ޖަލްސާއަށް ޙާޒިރުވެވަޑައިގެންނެވި  67 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް މިއަދު ފާސްކޮށްފައި މިވަނީ އަލުން އެބިލް އެޖެންޑާކޮށްގެންނެވެ. އެންމެފުރަތަމަ މިބިލް ހުށަހެޅީ ނިމިދޔަ އަށާރަވަ ރައްޔިތުންގެ މަޖިލީހަށެވެ. 3ފަރެއްގެ މަތިން މިބިލް  ފާސްކުރުމަށް 18ވަނަ މަޖިލީހުގައި އެޖެންޑާކުރުމުވެސް ފާސްކުރެވޭވަރަށް މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބުނެވެ. އެއާއެކު އޭރުގެ މަޖިލިސް ރައީސް ޤާސިމް އިބްރާހީމް ވަނީ މަޖިލީހުގެ އެޖެންޑާއިން ބިލް ނަގާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އުފައްދަވާފައިވާ ދެ ކޮމިޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު