ސުޕްރީމް ކޯޓުން މަޖީލީހަށް ހުރަސްއަޅާ މައްސަލަ ބަލަނީ

ސުޕްރީމް ކޯޓުން މަޖީލީހަށް ހުރަސްއަޅާ މައްސަލަ ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދައިފިއެވެ.

މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެވެ.

މިއީ މިއަދު މަޖިލީހަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމާއި ގުޅޭ" މައްސަލައެއް."

މައްސަލަ ހުށަހަޅުއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަޖިލީހަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި ބަސް ނުބުނެވޭނެ ކަމަށް ވިދާޅުވާތީ ހުށަހެޅުއްވި މައްސަލަ އެކެވެ.

ފަނޑިޔާރެއް ނިންމާ ނިންމުމެއްގެ މެރިޓާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެ ފަނޑިޔާރަކާމެދު އެޅުމަކީ ގައިރުގާނޫނީ ކަމެއް ކަމަށް ސުޕްރީމްް ކޯޓުން ނިންމާ އީ ވަނީ އިއްޔެ އަމުރެއް ނެރިފައެވެ.

އައްޔެ މެންދުރު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ފަނޑިޔާރުންގެ ގާނޫނާއި، ގާނޫނީގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ބަދަލުކުރަން ނުވަތަ ބާތިލުކުރަން އެ ނިންމުމަކާ ދުރައް ދިއުމަށް ނޭންގޭކަންް ފަނޑިޔާރުންގެ ގާނޫނު ނުވަ ވަނަ މާއްދާގައި ބުނެފައިވާކަމަށެވެ.

ސުޕްރީމް ކޯޓުން މިހެން ބުނެފައިވާއިރު މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީންވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަށް ޖޭއެސްސީންނިންމި ނިންމަށް ތާއީދުކޮށް އެ މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓެއް އިއްޔެ ފާސްކޮށްފައެވެ. އަދި ގާނޫނު އަސާސީއާއި އެއްގޮތަށް އަމަލުކުރުމަށް މަޖިލީހުގެ ފަރާތުން އިލްތިމާސްް ކުރުމަށް ވަނީ ފާސްކޮށްފައެވެ.

އަދި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މިހޭއްގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް އުވާލި މައްސަލަ ބެލުމަށް ވެސް މަޖިލީހުގެ ހައިމަންރައިޓްްސް ކޮމެޓީންް ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީ އެއް ވަނަ ދުވަހު އިދިކޮޅު ލީޑަރުން ދޫކޮށްލުމަށް އަމުރުކޮށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު އަމުރު ބާތިލުކުރި އަނެއް ތިން ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ މިއަދު އަމިއްލަ ފަރާތަކުން ވަނީ ހުށަހަޅާފައެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަމުރު ބާތިލް ކުރަން އަމުރެއް ނެރެ ސޮއިކުރެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ކިޔުންތެރިންގެ ހިޔާލު