އެމްޑީޕީގެ ކޮމާންޑާ ނިޔާވެއްޖެ

އެމްޑީޕީގެ "ކޮމާންޑަރު" ގެ ގޮތުގައި މަޝްހޫރު އާދަމް މޫސާ ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ އިންޑިއާގެ ޖީޖީ ހޮސްޕިޓަލް ގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރުއެވެ.

ކޮމާންޑާ އަކީ އެމްޑީޕީގެ މުހިންމު މުޒާހަރާ ތަކުގައި މަސައްކަތް ކުރި މީހެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އެމްޑީޕީގެ ހަރަކާތްތައް ކޮމާންޑަރު ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިނެވެ.

އެކި ފަހަރު މަތިން އޭނާ ހައްޔަރު ވެސް ކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު