ގައުމީ ސަލާމަތައް ނުރައްކާވާއިރު އަޅާނުލައި ނުހުރެވޭނެ: މާރިޔާ

ގައުމީ ސަލާމަތައް ނުރައްކާވާއިރު އަޅާނުލައި ނުހުރެވޭނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރަޝީޔާގައި ކުރިއަށްދާ ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ގައުމުތަކުގެ ސަލާމަތައް ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެހެން ކުރުން މަޖުބޫރު ކަމެއްކަމަށެވެ.

"ޖަޒީރާ ގައުމެއްގެ ގޮތުގައި އޮތުމުން ބަލިކަށިކަމަކީ ކޮބައިކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ބަލިކަށިވުމުންް ދައްކަންޖެހޭ އަގުވެސް އަޅުގަނޑުމެންނަށް އެނގޭ،" ދުނިޔޭގެ ސުލްހައަށް މަސައްކަތް ގައުމުތަކަށް ބާރުއެޅުމުގެ ގޮތުން ވާހަަކަދައްކަވަމުން މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ކަނޑުފޭރޭ މީހުންނާއި، މޫސުމަށްް އަންނަ ބަދަލުތަކާއި އަދި ގައުމުތަކަށް ދައްކަން ޖެހިފައިވާ ބޮޑެތި ލޯނުތަކަކީ ގައުމީ ސަލާމަތައް އޮތް ނުރައްކާތަކެއް ކަމަށެވެ. މީގެ ބައެއް ކަންކަމުގެ ސަބަބުން ގައުމުގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ހުރަސް އެޅިފައިވާކަމަށެވެ.

"ގައުމީ ސަލާމަތައް އޮތް ކޮންމެ ނުރައްކަލަކީ އާހިރުގައި ގައުމުގެ ރައްޔިތުންގެ ދުޅަހެޔޮކަމާ ސަލާމަތައް އޮތް ގޮންޖެހުމަކަށް ވާނެ،"

ކިޔުންތެރިންގެ ހިޔާލު

  1. ގެރިބެ

    އެހެންވެޔޭ .މިބުނަނި އިންޑިއާ އަކީ ގައުމަށް ހުރި ނުރައްކަލެކޭ. އިންޑިއާ ގެ ދަށުނުވެވެސް އުޅެވޭނެޔޭ.އިންޑިއާ އަކީ އަމިއްލަ އެދުމުން ތަތްތެޅިފަވާ ބައެއް. އެކަންއެގޭނެ މިތާ މަސައްކަތް ކުރާ ޓީޗަރުން ނާ ޑަކުޓރުންގެ ފަރާތުންވެސް