ފުވައްމުލަކުގައި ފެން ބޮޑުވެ މަގުތަކަށް ނަޖިސް ލީކުވަނީ

ފުވައްމުލަކުގައި ފެން ބޮޑުވެ ނަރުދަމާއަށް ދިމާވި މައްސަލައެއްގައި މަގުތަކަށް ނަޖިސް ބޭރުވަން ފަށައިފިއެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް މިރޭ އެމްވީ ޓައިމްސް އަށް ވިދާޅުވީ، ފުވައްމުލަކުގެ ބައެއް މަގުތަކުގައި ވިއްސާރަވެ ފެންބޮޑުވެފައިވާކަމަށެވެ. އަދި ނަރުދަމާއަށްވެސް މައްސަލަތަކެއް ދިމާވެފައިވާކަމަށެވެ.

މިހާތަނަށް 50 ހަކަށް ގެއަށް ކައުންސިލްގެ މުވައްޒަފުން ގޮސް، ހާލަތު ބަލާފައިވާއިރު، 3 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ. 3 ގެއިން ފެން ހިއްކުމަށްފަހުވެސް ދިރިއުޅެވޭވަރު ނުވާނަމަ، 3 ގޭގެ މީހުންވެސް ވަގުތީގޮތުން އެހެންތާކަށް ބަދަލުކުރުމުގެ އިންތިޒާމް ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގެ ދެކުނަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ވައިޓް އެލާޓުވެސް ނެރުނެވެ.

ކިޔުންތެރިންގެ ހިޔާލު