"ސުޕްރީމް ކޯޓުގެ ބަސް މަގު ބަދަލުވެއްޖެ"

ފަނޑިޔާރުންނާމެދު އަމަލުކުރާ އުސޫލުގައި ސުޕްރީމް ކޯޓުގެ ކޯޓުގެ ބަސްމަގު ބަދަލުވިކަން ސިވިލް ކޯޓުގެ ގާޒީ މަރިމް ވަހީދާ ފާހަގަކުރައްްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މިކަން ހާމަކުރައްވާފައިވަނީ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްްގައެވެ.

ސުޕްރީމް ކޯޓުން މަރިޔަމް ވަހީދުއާ މެދު 2016 ވަނަ އަަހރު ފިޔަވަޅު އަޅާފައިވަނީ އެ ކޯޓުގެ ނިންމުމަކާ ޚިލާފަށް މަރިޔަމް ވަހީދު ހުކުމެއް އިއްވާފައިވާ ކަމަށް ބުނެ އެޓާނީ ޖެނެރަލް އޮފީހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެއީ ފަނޑިޔާރަކު ކުރި ހުކުމަކާ ގުޅިގެން ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ވ. ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނިކޮށް، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް މަރިޔަމް ވަހީދު ހުކުމް ކޮށްފައިވާ ކަމަށެވެ.

އެ އަމުރުގައި ބުނެފައި ވަނީ އެފަދަ އެގްރީމެންޓެއްގައި ސޮއިކުރުމަށް ސަރުކާރުގެ މައްޗަށް މަޖުބޫރު ކުރާ ނުވަތަ ލާޒިމް ކުރާ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު، މަރިޔަމް ވަހީދުގެ ކިބައިން ގެއްލިފައިވާ ކަމަށް ކަނޑައަޅާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިިވަނީ ފަނޑިޔާރަކު ނިންމާ ނިންްމުމެއްގެ ސަބަބުން ފިޔަވަޅު އެޅުންް ވަނީ ގައިރުގާނޫނީ އަމަލެއްކަމަށެވެ.

ސުޕްރީމް ކޯޓުން މިފަދަ އުމުރެއް ނެރިފައި މިވަނީ، މިދިޔަ އަހަރުގެ ފެބުރުއަރީ އެއް ވަނަ ދުވަހު އިދިކޮޅު ލީޑަރުން ދޫކޮށްލުމަށް އަމުރުކޮށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު އަމުރު ބާތިލުކުރި އަނެއް ތިން ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އަށް ހުށަހަޅާފައިވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަމުރު ބާތިލް ކުރަން އަމުރެއް ނެރެ ސޮއިކުރެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު މައި ލީޑަރުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުން ރައީސް ޔާމިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާ ކުރީގެ އުއްތަމަ ފަނޑިޔާރު، އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު