ދެ ފަނޑިޔާރެއްގެ މައްސަލަ އަނެއްކާވެސް ޖޭއެސްްސީ އަށް ހުށަހަޅައިފި

ދެ ފަނޑިޔާރެއްގެ މައްސަލަ އަނެއްކާވެސް ޖޭއެސްްސީއަށް ހުށަހަޅައިފިއެވެ.

މައްސަލަ ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބުގެ ސުލޫކީ މައްސަލައަކާއި، ފެމެލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ މައްސަލައެކެވެ.

ނަޖީބާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ގއ. އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި އަލީ ޝަމީމަށް ތާއީދު ހޯދުމަށް ނަޖީބު މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތަށް ކެންޑިޑޭޓަކަށް ކެމްޕެއިން ކޮށްދިނުމަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލާގައި ވަނީ ބުނެފަ އެވެ.

ޖޭއެސްސީއަށް ހުށަހެޅި ފެމެލީ ކޯޓުގެ ގާޒީގެ މައްސަލާގައި ތުހުމަތުކޮށްފައި ވަނީ މަގާމުގެ ބާރު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިނުމަށް ހުޒައިފާ މަސައްކަތް ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު