މިނިސްޓަރު ފައްޔާޒު އަދި ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރު ކުރަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަދި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މާދަމާ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފިއެވެ.

މި ދެ ބޭފުޅުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ނިންމާފައިވަނީ
ބިޒްނަސް އިމޭޖު ގުރޫޕް (ބިގް) ކުންފުންޏަށް ދަޢުލަތުން ގިނަ އަދަދެއްގެ ފައިސާތަކެއް އެއްފަހަރާ ދޭން ޖެހުނު މައްސަލާގައި ރައްޔިތުން މަޖިލީހުގެ މެންބަރު ޢަބްދުﷲ ޖާބިރު އެ ބޭފުޅުންނާ ސުވާލު ކުރުމަށް އެދިލެއްވުމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިއާ ހިންގަން އުފެއްދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއި ޕީއެސްއެމުން އެކި ކުންފުނިތަކަށް ދައްކަންޖެހިފައިވާ ބޮޑެތި ދަރަނިތައް އަދާކުރަން ފަށައި، ބިޒްނަސް އިމޭޖް ގްރޫޕް(ބިގް) އަށް ދޭން ސިވިލް ކޯޓުން ހުކުމްކޮށްފައިވާ 78 މިލިޔަން ރުފިޔާގެ ތެރެއިން 30 މިލިއަން ރުފިޔާވަނީ ފެބުރުއަރީ މަހުގެ ތެރޭގައި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު