މާއެނބޫދޫއަށް ވަރަށް ބޮޑަށް އުދައަރައިފި

ދ. މާ އެނބޫދޫއަށް އުދައަރައި އެރަށުގައި ފެން ބޮޑުވުމާ ގުޅިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ

އެ ރަށަށް އެހީތެރިކަން ފޯރުކޮށްދެނީ އެމްއެްންޑީއެސް ސެންޓްރަލް އޭރިއާގެ ކުޑަހުވަދޫ ފަޔާ ސްޓޭޝަންގެ ސިފައިންނެވެ.

ސިފަައިން ފޮނުވާފައިވާ ފޮޓޯތަކުން ފެންނަ ގޮތުން މުޅި ރަށުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.

ރާއްޖޭގެ  އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ. ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެން ވާކަމަށް މީޓްރޮލޮޖީން ބުނެެއެވެ. .

އިރުދެކުނާއި ދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަަދަވުން އެކަށީގެން ވާކަމަށް އެ އިދާއިން މިއަދު ވަނީ ބުނެފައެވެ.

"ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ.  "

މާއެނބޫދޫއަށް އުދަ އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު