މައުމޫން ފައުޑޫޝަންގެ ސްކޮލަރޝިޕްތަަކަށް ހުޅުވާލައިފި

މައުމޫނު ފައުންޑޭޝަނުން 10 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ފައުންޑޭޝަނުން މައިގަނޑު ފަސް ދާއިރާއަކުން ޕާރޓް ފަންޑަޑް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ފައުންޑޭޝަނުން ބުނީ، ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ ފުުރުސަތު ހުޅުވާލުމުގެ ގޮތުން މި އަހަރު ވެސް ސްކޮލަރޝިޕް ފުރުސަތުތައް ހުޅުވާލާފައިވާ ކަމަށާއި، މި އަހަރު އިންޑިއާގެ ބެންގަލޫރގައި ހުންނަ ގާރޑަން ސިޓީ ކޮލެޖުން ފަސް ދާއިރާއަކުން ސްކޮލަރޝިޕް ފުރުސަތުތައް ހުޅުވާލާފައިވާ ކަމަށެވެ.

ސްކޮލަރޝިޕަށް ހުޅުވާލި ދާއިރާތައް:

  • ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބެޗެލަރ އިން ބަޔޯ ޓެކްނޮލޮޖީ، ބަޔޯ ކެމިސްޓްރީ، ޖެނެޓިކްސް
  • ބެޗެލަރ އޮފް ފިޒިއޯތެރަޕީ
  • ބެޗެލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަންސް
  • މާސްޓަރ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓް

މިކޯސްތަކުގެ އެޕްލިކޭޝަން ފޯމު މައުމޫނު ފައުންޑޭޝަންގެ އޮފީހުން ލިބޭނެ ކަމަށާއި، މިހިނގާ ޖޫން މަހުގެ 25 ގެ ކުރިން ހުށައެޅުމަށް އެ ފައުންޑޭޝަނުން އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު