"ރާއްޖޭ ޓީޗަރުން ދީނީ ހަރުކަށި ހިޔާލު ފަތުރާ"

ދިވެހިރާއްޖޭގެ ޓީޗަރުން ދީނީ ހަރުކަށިހިޔާލު ފަތުރާކަމުގެ ރިޕޯޓު ލިބިފައިވާކަމަށް އދގެ ސްޕެޝަލް ރެޕޮޓުއަރ އިން ދަ ފީލްޑް އޮފް ކަލްޗަރަލް ރައިޓްސް، ކަރީމާ ބެނޫން  ވިދާޅުވެއްޖެއެވެ.

ކަރީމާ މިއަދު ހޮޓެލް ޖެންގައި ބޭއްވި ނޫސްްވެރިންްގެ ބައްދަލުވުމެއްގައިވިދާޅުވީ، އިންޓަނެޓުގެ ޒަރިއްޔާއިންވެސް މީހުން ދީނީ ހަރުކަށި ހިޔާލުގެ ތެރެއަށްް ވެއްޓޭކަމަށެވެ. އަދި 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު ދާރުލް އާސާރުގައި ހުރި ބުދުތައް ތަޅާލި މީހުން ހޯދައި ފިޔަވަޅު އެޅުމަށް އެނާ ވަނީ މިއަދު ގޮވާލައްވާފައެވެ.

"އިންޓަނެޓު މެދުވެރިކޮށް އެފަދަ ފިކުރުތައް ފަތުރަމުންދާއިރު، ޓީޗަރުން ވެސް މިކަމުގައި ހިމެނޭކަން އަޅުގަނޑުމެންނަށް ވަނީ ފާހަގަވެފައި. އަދި މީގެ ސަބަބުން ހިޔާލުފާޅުކުރުމަށާ ސަގާފަތްތަކަށް ނޭދެވޭ އަސަރުކުރޭ،"

އދ. ގެ ހާއްސަ ރެޕަޓުއާގެ މި ދަތުރުގައި ވަނީ ހެރިޓޭޖް މިނިސްޓަރާއި، އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރާއި، ޖެންޑާ މިނިސްޓަރާއި، ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާފަ އެވެ.

މި ދަތުރު ފުޅަކީ ދިވެހިރާއްްޖެއާ ގުޅޭ ރިޕޯޓެއް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަށް ހުށަހެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު