"ދައުލަތުގެ ދެ ބާރުގެ މެދުގައި ހިނގާ ހަމަނުޖެހުން މަޖިލީހަށް ހައްލު ކުރެވިދާނެ"

ދައުލަތުގެ ދެ ބާރުގެ މެދުގައި ހިނގާ ހަމަނުޖެހުން މަޖިލީހަށް ހައްލު ކުރެވިދާނެކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުން ޓޮމް ވިދާޅުވީ، ގާނޫނު އަސާސީ އިސްލާހުކޮށްގެން ވިއަސް ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް އެމްޑީޕީއަށް، ކުރެވިދާނެކަމަށެވެ. ނަމަވެސް އެމްޑީޕީން ވެސް އަމަލުކުރަންވާނީ ގައުމުގެ ހަމަޖެހުން ނުގެއްލޭފަދަ ގޮތަކަށްކަމަށް އެނާ ވިދާޅުވިއެވެ.

ޖުޑީޝަރީ އިސްލާހު ކުރަންޖެހޭނެކަމަށް ބުނެ ޓޮމް ވާހަކަ ދެއްކެވިއިރު އޭނާއަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕު މެމްބަަރެކެވެ.

"އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތުމާއެކު ވަރަށް ރީތިކޮށް ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަސައްކަތަތް އެމްޑީޕީއަށް ކުރެވެން އެބައޮތް. އެގޮތަށް ގެންގޮސްފިނަމަ ޤައުމު ހަލަބޮލި ނުވެ ދެ މުއައްސަސާ ދެމެދު ހަނގުރާމަ ނުކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އެމްޑީޕީން ގެންނަން ބޭނުންވާ އިޞްލާޙު ގެނެވޭނެ." މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާޅުވިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ސަސްޕެންޑުކުރި ފަނޑިޔާރު އަބްދުﷲ ދީދީގެ ދިފާއުގައި ސުޕްރީމް ކޯޓުން ކުރި އަމުރު ރައްޔިތުންގެ މަޖިލީހުން މިިއަދު ވަނީ ބަތިލުކޮށްފައެވެ.

އެ އަމރު ބާތިލުވެފައިވަނީ ޖުޑީޝަރީ ކޮމެޓީންް އެ މައްސަލާގައި އެކުލަވާލި ރިޕޯޓު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ.  މަޖިލީހުން މިއަދު މި ރިޕޯޓު ފާސް ކޮށްފައިވަނީ ބޮޑު އަގުލަބިއްޔަތަކުންނެވެ.

ރިޕޯޓު ފާސް ކުރުމަށް ވޯޓު ދިނީ ހާޒިރުވެ ތިބި 72 މެމްބަރުންގެ ޔެތެއިން 64 މެމްބަރުންގެ ވޯޓު ދެއްވައިގެންނެވެ.

މި ރިޕޯޓަކީ  އެ ކޮމެޓީން މިމަހު 13 ވަނަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ ގެ މެމްބަރުން އެ ކޮމެޓީއަށް ހާޒިކޮށް، އެކުލަވާލި ރިޕޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު