ލޯންޗު އެކްސިޑެންޓެއް ހިނގައި ބަޔަކު ޒަހަމްވެއްޖެ

ރ. އުނގޫރާފު ނެރުގައި ޖަހާފައިވާ ހިލަތަކަށް ލޯންޗެއް އަރައި އޭގެން ދަތުރުކުރި ތިން މީހުން ޒަހަމްވެއްޖެއެވެ.

މި ހާދިސާގައި ޒަހަމް ވެފައިވަނީ ދި ވެއްސަކާ ދެ ބިދޭސީންނެވެ.

އެމީހުންނަށް ފަަރުވާ ދިނުމަށްފަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިހާރު އެމީހުން ވަނީ ދޫކޮށްލާފައެވެ.

މިހާދިސާ ހިނގާފައިވަނީ 'ކެރިމީ' ނަމަކަށް ކިޔާ ލޯންޗެއްގައެވެ.

ތޮށިގަނޑަށް އެރުމަށްފަހު ލިބުނު ގެއްލުންތަކުގެ  ސަބަބުން ލޯންޗު މިހާރު ވަނީ ފަޅުތެރެެއަށް އަޑިއަށްގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު