ފަނޑިޔާރުން ނިންމާ ނިންމުމެއްގެ ސަބަަބުން ފިޔަވަޅު އެޅުން ގައިރު ގާނޫނީ: ސުޕްރީމް ކޯޓު

ފަނޑިޔާރެއް ނިންމާ ނިންމުމެއްގެ މެރިޓާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެ ފަނޑިޔާރަކާމެދު އެޅުމަކީ ގައިރުގާނޫނީ ކަމެއް ކަމަށް ސުޕްރީމްް ކޯޓުން ބުނެފިއެވެ.

މިއަދު މެންދުރު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ފަނޑިޔާރުންގެ ގާނޫނާއި، ގާނޫނީގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ބަދަލުކުރަން ނުވަތަ ބާތިލުކުރަން އެ ނިންމުމަކާ ދުރައް ދިއުމަށް ނޭންގޭކަންް ފަނޑިޔާރުންގެ ގާނޫނު ނުވަ ވަނަ މާއްދާގައި ބުނެފައިވާކަމަށެވެ.

ސުޕްރީމް ކޯޓުން މިހެން ބުނެފައިވާއިރު މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީންވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަށް ޖޭއެސްސީންނިންމި ނިންމަށް ތާއީދުކޮށް އެ މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓެއް މިއަދު ފާސްކޮށްފައެވެ. އަދި ގާނޫނު އަސާސީއާއި އެއްގޮތަށް އަމަލުކުރުމަށް މަޖިލީހުގެ ފަރާތުން އިލްތިމާސްް ކުރުމަށް ވަނީ ފާސްކޮށްފައެވެ.

އަދި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މިހޭއްގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް އުވާލި މައްސަލަ ބެލުމަށް ވެސް މަޖިލީހުގެ ހައިމަންރައިޓްްސް ކޮމެޓީންް ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީ އެއް ވަނަ ދުވަހު އިދިކޮޅު ލީޑަރުން ދޫކޮށްލުމަށް އަމުރުކޮށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު އަމުރު ބާތިލުކުރި އަނެއް ތިން ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ  މިއަދު އަމިއްލަ ފަރާތަކުން ވަނީ ހުށަހަޅާފައެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަމުރު ބާތިލް ކުރަން އަމުރެއް ނެރެ ސޮއިކުރެއްވީ  އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ކަންކަން:

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ސުޕްރީމްކޯޓުން ހުރަސްތަކެއް ކުރިމަތި ކުރައްވާކަން.ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތިކުރައްވާކަން.

ގާނޫނު އަސާސީއާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް މަތިކުރެވިފައިވާ މަސައްކަތްތުގެ އިހްތިސޯސްގެ ތެރެއަށް ސުޕްރީމްކޯޓުން ވަނުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާކަން.

ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑު ކުރުމާމެދު ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ކަމާއި އެ ނިންމުމަށް އަމަލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސަސާއަކަށް އެންގުމަށް އަމުރުކުރާކަން.

ކިޔުންތެރިންގެ ހިޔާލު