ހައިކޯޓުގެ މައްސަލައެއް މަޖިލީހުން ބަލަން ނިންމައިފި

ހައިކޯޓުގެ މައްސަލައެއް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބަލަން ނިންމައިފިއެވެ.

އެ ކޮމެޓީން ބަލަން ނިންމާފައިވާ މައްސަލައަކީ ކުއްޖަކަށް ޖިންސީ ގޯނަ ކުރި މައްސަލައެއްގައި 15 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު އެ ކޯޓުން ދޫކޮށްލި މައްސަލައެވެ.

ހިއުމަންރައިޓްސް ކޮމެތީން ވަނީ މި މައްސަލަ ބެލުމަށް ސަބް ކޮމެޓީއެއް އެކުލަވާލާފައެވެ.

އެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މި މައްސަލަ ބެލުމަށް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިިން 3 މެންބަރުންގެ ސަބް ކޮމިޓީއެއް ވަ

އެ ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި ފުވައްމުލަކު ދެކުނު ދާއިރަގެ މެންބަރު މުހައްމަދު މުމްތާޒު އެވެ.

އެ މައްސަލަ ހައކޯޓުން ބޭރުކޮށްލާފަައިވަނީ އެ މީހާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެއީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް އިއްވާފައިވާ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު