ސޯޝަލް މީޑިއާ މެދުވެރިކޮށް ޓެރަރިޒަމަށް ދައުވަތު ދިނުންް ހުއްޓުވަނީ

ސޯޝަލް މީޑިއާއި އިންޓަނެޓު މެދުވެރިކޮށް ޓެރަރިސްްޓު ޖަމާއަތްތަކަށާއި ހަނގުރާމަށް މީހުން ގެންދިއުން ހުއްޓުވަން ވޯކްޝޮޕެއް ފަށައިފިއެވެ.

މި ވޯކުޝޮޕް މިއަދު ފަށާފައިވަނީ،  'ރީޖަނަލް ޓެކްނިކަލް ޓްރެއިނިން އޮން އިފެކްްޓިވް ޕްރިވެންޝަން އޮން ދި ޔޫސް އޮފް އިންޓަނެޓު އެންޑް ސޯޝަލް މީޑިއާބައި ޔަންގް އެޑަލްސް ފޯރ ޓެރަރިޒަމް ރެކްރޫޓްްމަންޓް އިން ސަރުތް އޭޝިއާ' ގެ ނަމުގައި ކަމަށް ސިފައިން ބުނެއެވެ.

މި ވޯކުޝޮޕް ކުރިއަށް ގެންދަނީ ޔުނައިޓެޑް ނޭޝަންްސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްްސް އާއި ދިވެހިރާއްޖޭގެ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންްޓަރު ގުޅިގެންނެވެ.

މި ވޯކްޝޮފަކީ ތިން ދުވަހު މުއްދަތައް ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

ވޯކު ޝޮޕް ހުޅުވާދެއްވުމަށްފަހު ވާހަކަ ދައްކަވަމުންް، ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެފައިވަނީ ޓެރަރިޒަމް އަމަލުތަކުން ޒުވާނުން ސަލާމަތްކުރުމަށް ގާނޫނު ތަންފީޒު ކުރާ އިދާރާތަކާ ތަހުގީގީ އިދާރާތަކުން މުހިންމު ރޯލެއް އަދާކުރަންޖެހޭ ކަމަށެވެ.

"ރާއްޖޭގައިވެސް ހަމަ ވަރަށްބޮޑަށް އެކަމުގެ ނުރައްކާ އޮތްކަން ފާހަގަކުރެވޭ. ކަމާބެހޭ ފަރާތްތަކުގެ ރެކޯޑްތަކުން އެބަ ދައްކާ މި ފަރާތްތައް ވަރަށް ބޮޑަށް ރާއްޖޭގައި ޚާއްސަގޮތެއްގައި ސޯޝަލް މީޑިއާ ބޭނުންކޮށްގެން އެމީހުންނަށް ބޭނުންވާ މީހުން ރެކްރޫޓްކުރުމުގެ މަސައްކަތް ކުރަމުންދާކަން އެއީ މިހާރުވެސް ކަމާބެހޭ ފަރާތްތަކަށް ނޯޓިސްކުރެވިފައިވާކަމެއް. އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި މިއީ ރާއްޖެއަށް ވަރަށް މުހިއްމު ވޯކްޝޮޕެއް" އަލީ ޒާހިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު