ރައްޔިތުންގެ މަޖިލީހުން ކޮންމެ ސިޔާސީ ޕާޓީއަކަށް ފެން ބޯނެ ޖަގެއް ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ސިޔާސީ ޕާޓީއަކަށް ފެން ބޯނެ ޖަގެއް ކަނޑައަޅައިފިއެވެ.

މި ކަން މިގޮތަށް ނިންމެވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނުކުރެއްވީ، ވޯޓަށް އެހުމުގެ ކުރިން މަޖިލީހާއި ވާހަ ދައްކަވަމުންނެވެ.

ބައެއް މެމްބަރުން އަންނަނީ އެއް ފަހަރު ބޭނުންކުރެވޭ ޕްލާސްޓިކު ބޭނުންކުރުން ހުއްޓާލުމަށް މަޖިލީހުގައި  އެދެމުންނެވެ.

"ކޮންމެ ސިޔާސީ ޕާޓީއެއްގެ ލީޑަރެެެއްގެ މޭޗުކޮޅު މަތީގައި ފެން ބޯނެ ޖަގެއް ހުންނާނެ. ޕާޓީތަކުގެ އާންމު މެމްބަރުން ވާނީ އެ ޖަގުން ފެން ބޯން. ކޮންމެ މެމްބަރަކަށް އަމިއްލަ ޖަގެއް ގެންގުޅެއްހުއްދައެއް ނުދެވޭނެ. މަޖިލީހުން ކޮންމެ މެމްބަރަކަށް ޖަގެއް އަރުވާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބައެއް މެމްބަރުން މިހާރުވެސް ފެންބޯ ބިއްލޫރި ފުޅި ހިފައިގެން މަޖިލީހަށް ވަޑައިގަންނަވާކަމަށެވެ.

އަދި އެއްފަހަރު ބޭރުންކުރާ ޕްލާސްޓިކާއި ނުލައި ފެން ފޯރުކޮށްދޭނެ ފަރާތެއް މަޖިލީހަށް ހޯދޭނީ އެކަމަށް އޮންނަ އުސޫލުގެ ތެރެއިން އިއުލާނުކޮށްގެން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ޥިސްނާށޭ

    ތިޖަގުން ފެން ބޮއިގެން އަމަލު ނުވިއްޔާ ރަނގަޅު.