ސުޕްރީމް ކޯޓުގެ އަމުރު މަޖިލީހުން ބާތިލުކޮށްފި

މަޖިލީހުގެ ރައީސް – ރައީސް މުޙައްމަދު ނަޝީދު

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ސަސްޕެންޑުކުރި ފަނޑިޔާރު އަބްދުﷲ ދީދީގެ ދިފާއުގައި ސުޕްރީމް ކޯޓުން ކުރި އަމުރު ރައްޔިތުންގެ މަޖިލީހުން ބާތިލުކޮށްފިއެވެ.

އެ އަމރު ބާތިލުވެފައިވަނީ ޖުޑީޝަރީ ކޮމެޓީންް އެ މައްސަލާގައި އެކުލަވާލި ރިޕޯޓު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ.  މަޖިލީހުން މިއަދު މި ރިޕޯޓު ފާސް ކޮށްފައިވަނީ ބޮޑު އަގުލަބިއްޔަތަކުންނެވެ.

ރިޕޯޓު ފާސް ކުރުމަށް ވޯޓު ދިނީ ހާޒިރުވެ ތިބި 72 މެމްބަރުންގެ ޔެތެއިން 64 މެމްބަރުންގެ ވޯޓު ދެއްވައިގެންނެވެ.

މި ރިޕޯޓަކީ  އެ ކޮމެޓީން މިމަހު 13 ވަނަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ ގެ މެމްބަރުން އެ ކޮމެޓީއަށް ހާޒިކޮށް، އެކުލަވާލި ރިޕޯޓެކެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ކަންކަން:

  • ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ސުޕްރީމްކޯޓުން ހުރަސްތަކެއް ކުރިމަތި ކުރައްވާކަން.ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތިކުރައްވާކަން.
  • ގާނޫނު އަސާސީއާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް މަތިކުރެވިފައިވާ މަސައްކަތްތުގެ އިހްތިސޯސްގެ ތެރެއަށް ސުޕްރީމްކޯޓުން ވަނުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާކަން.
  • ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑު ކުރުމާމެދު ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ކަމާއި އެ ނިންމުމަށް އަމަލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސަސާއަކަށް އެންގުމަށް އަމުރުކުރާކަން.

މީގެ އިތުން ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމްް ކޯޓުން ގާނޫނު އަސާސީއާއި އެއްގޮތަށް އަމަލު ކުރުމަށް ވެސް އިލްތިމަސް ކުރުމަސް ވެސް ފާސްކޮށްފައެވެ.

ރިޕޯޓުގައި އެކުލަވާލީ ޖޭއެސްސީގެ މައްޗަށް ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވެސް މަޖިލިހުގައި އެދިލައްވާފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު