އެކެއް ފެބްރުއަރީގެ އަމުރު ބާތިލްކުރި ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް

މިދިޔަ އަހަރުގެ ފެބުރުއަރީ އެއް ވަނަ ދުވަހު އިދިކޮޅު ލީޑަރުން ދޫކޮށްލުމަށް އަމުރުކޮށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު އަމުރު ބާތިލުކުރި އަނެއް ތިން ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ޖޭއެސްސީއަށް ކުރިންވެސް ހުށަހެޅިކަމަށް ހަބަރުތައް ފެތުރުނެވެ. ނަމަވެސް އޭރު ޖޭއެސްސީން ބުނީ އެ ފަދަ މައްއސަލައެއް ހުށަހަޅާފައި ނުވާކަމަށެވެ. ނަމަވެސް މި ފަހަރު މި މައްސަލަ ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. އެ މައްސަލަ ޖޭއެސްސީން ބަލައިގަތުމާމެދު އަދި ގޮތެއް ނިންމައެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަމުރު ބާތިލް ކުރަން އަމުރެއް ނެރެ ސޮއިކުރެއްވީ  އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު މައި ލީޑަރުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުން ރައީސް ޔާމިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާ ކުރީގެ އުއްތަމަ ފަނޑިޔާރު، އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު