އާންމުކޮށް ހުޅުވާލައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް އަބްދުﷲ ދީދީ އެދިލައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުން އަންނަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް އޭނާ މީރޭ ޖޭއެސްސީގައި އެދިލައްވައިފިއެވެ..

ޖުޑީޝަލް ސާވިސް ކޮމިޝަނަށް މިރޭ ފަނޑިޔާރު އަބްދުﷲ ދީދީ ހާޒިކޮށް ދެ މައްސަލައެއްގައި ބަޔާން ނަގާފައެވެ.

އޭނާ ޖޭއެސްސީއަށް މިރޭ ހާޒިރުވާން އެންގީ ފަނޑިޔާރުން ސަސްޕެންޑުކުރި އިރު ޖޭއެސްސީގެ ނިންމުމާ ހިލާފަށް އޭނާ އަންނަނީ ސުޕްރީމްކޯޓަށް ވަޒީފާއަށް ނުކުމެވަޑައިގަންނަވަމުންނެވެ.

އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުވާން ފުރަތަމަ އެންގީ 10:30 އަށެވެ. ނަމަވެސް މިހާރު އަންގާފައިވަނީ 11:30 ގައި ހާޒިރުވުމަށެވެ.

އާންމުކޮށް ހުޅުވާލއިގެން މައްސަލަ ކުރިއަށް ގެންދިއުމަށް ފަނޑިޔާރު އެދިލއްވުމުން ޖޭއެްސީން ވަނީ އެކަން ގަބޫލުކޮށް މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށްޓަކައި މިރޭގެ ތަހުގީގު މެދުކަނޑާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު