މިރޭ އެމެރިކާ އަދި ޔޫރަޕަށް "ސްޓޯބެރީ މޫން" ފެންނާނެ

Trees Pink Moon Background Night

މިރޭ އެމެރިކާގެ ބައެއް ސަރަހައްދުތަކަށާއި ޔޫރަޕުގެ ބައެއް ސަރަހައްދުތަކަށް ސްޓޯބެރީގައި ހުންނަ ފަދަ ރަތް ކުލައެއްގައި ހަނދު ފެންނާނެއެވެ.

"ސްޓޯބެރީ މޫން" ގެ ނަމުގައި މަޝްހޫރު ހަނދަށް މިނަން ކިއުނީ ކުރިން އެމެރިކާގެ ދަނޑުވެރިން މި ހަނދު ފެނުމުން ދަނޑުތަކުގައި ސްޓޯބެރީ އިންދާތީއެވެ.

މިރޭ ފެންނަ ހަނދަށް އެހެން ނަންނަމުން ވެސް ނަންދީފައިވެއެވެ. އެގެ ތެރޭގައި :"ހަނީ މޫން" އަދި "ފުލް ރޯސް މޫން" ފަދަ ނަންނަން ހިމެނެއެވެ.

އެމެރިކާއާއި ޔޫރަޕުގެ ބައެއް ސަރަހައްދުތަކަށް "ސްްޓޯބެރީ މޫން" ފެންނަނީ ދުނިޔެ އިރު ވަށައިގެން ހިނގާ ފަށަލައަށް ހަނދު ވަދެފައި ހުންނަ ދުވަސްވަރުއެވެ. ވަކި ދިމާލަކަށް އިރު ދިއުމުންްނެވެ.

ކިޔުންތެރިންގެ ހިޔާލު