އޭޑީބީ އިން ދިވެހިރާއްޖެއަށް 154 މިލިއަން ރުފިޔާ

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ދިވެހިރާއްޖެ އަށް 154.2 މިލިއަން ރުފިޔާ (10 މިލިއަން ޑޮލަރު) ގެ މަޝްރޫއަކަށް އެހީތެރިކަން ފޯރުކޮށްދޭން އެއްވަސް ވެއްޖެއެވެ.

އޭޑީބީން އެހީވާން ނިންމާފައިވާ މަޝްރޫއަކީ "ނޭޝަނަލް ސިންގަލް ވިންޑޯ" ނަމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއަކީ ކަސްޓަމްސާ ސަރުކާރުގެ ކަމާބެހޭ ހުރިހާ މުޢައްސަސާތައް ގުޅާލެވިފައިވާ ނިޒާމެއްގެ ތެރެއިން، އިމްޕޯޓް އެކްސްޕޯޓާބެހޭ ލިޔުންތައް ނިންމުމާއި އަދި މުދާ ދޫކުރުމާބެހޭ ކަންކަން ކުރިއަށްގެންދާނެ ނިޒާމެއް އެކުލަވާލުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ދުނިޔޭ 35 ގައުމުގެ މަންދޫބުންނާއެކު ކުރުނބާގައި ކުރިއަށްގެންދާ މޯލްޑިވްްސް ޕާޓްނާޝިޕް ފޯރަމުގައި އެކި ގައުމުތަކުންނާއި ޖަމާއަތްތަކުން އަންނީ ދިވެހިރާއްޖެއާއި އެކު ކުރެވޭނެ މަސައްކަތްތައް ބަލައި އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްގޮތާމެދު މަޝްވަރާކޮށް އެއްބަސްވުންތަކުގައި ސޮއިކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު