ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްްސީއަށް ހާޒިރުވާންް އަންގައިފި

ޖޭއެސްސީން ސަސްޕެންޑުކޮސްފައިވާ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްްސީއަށް ހާޒިރުވާންް އަންގައިފިއެވެ.

އޭނާ ޖޭއެސްސީއަށް މިރޭ ހާޒިރުވާން އެންގީ ފަނޑިޔާރުން ސަސްޕެންޑުކުރި އިރު ޖޭއެސްސީގެ ނިންމުމާ ހިލާފަށް އޭނާ އަންނަނީ ސުޕްރީމްކޯޓަށް ވަޒީފާއަށް ނުކުމެވަޑައިގަންނަވަމުންނެވެ.

އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުވާން ފުރަތަމަ އެންގީ 10:30 އަށެވެ. ނަމަވެސް މިހާރު އަންގާފައިވަނީ 11:30 ގައި ހާޒިރުވުމަށެވެ.

ސުޕްރީމްކޯޓާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު ވަނީ ވަރަށް ބޮޑަށް ހޫނު އަރައިރުމެއް އުފެދިފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއްގައި ޖޭއެސްސީން ސުޕްްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީފީ ސަސްޕެންޑު ކުރުމުންނެވެ.

ފަނޑިޔާރު ސަސްްޕެންޑު ކުރުމުން ސުޕްރީމް ކޯޓުން ވަނީ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަބްދުﷲ ދީދީގެ މައްޗަށް ފިޔަވަޅު ނޭޅުމަށް އަމުރުކޮށްފައެވެ. އެހެން ނަމަވެސް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުިން އެހެން ނިންމި ނަމަވެސް، އެ ކޮމިޝަނުގެ ނިންމުން ދެމި އޮންނާނެކަމަށް ނިންމާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ވަނީ ޖޭއެސްސީގެ ނިންްމުމަށް ބާރުލިބޭ ގޮތަށް ރިޕޯޓެއް ތައްޔާރުކޮށް ފާސް ކުރުމަށްް ރައްޔިތުންގެ މަޖިލީހަށް ތަޅުމަށް ފޮނުވާފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން އަނެއްކާވެސްް ވަނީ މިއަދު އައު އަމުރެއް ނެރި ދައުލަތުގެ އެއްވެސް އިދާރާއަކުން ފަނޑިޔާރު އަބްދުﷲ ދީދީއާއި މެދު ފިޔަވަޅެއް އަޅަން ނިންމި ނަމަވެސް އެއީ ބާތިލު ނިންމުމަކަށް ވާނެކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު