ޕާކިސްތާނު މިނިސްޓަރަަކަށް ފޭސްބުކް ލައިވް ސްޓްރީމް ކުރެވުނީ ބުޅަލެއްގެ ސިފައިގައި

ޕާކިސްތާނު މިނިސްޓަރަަކު ދެއްވި ފްެރެސް ކޮންފަރެންސް އެއްގައި ފޭސްބުކް ލައިވްސްޓްރީމް ކުރެވުނު އިރު ބުޅަލެއްގެ ސިފަޖެހޭ "ކެޓް ފިލްޓަރެއް" ބޭނުން ކުރެވިއްޖެއެވެ.

މި ފިލްޓަރާއެކު ފޭސްބުލް ލައިވް ސްޓްރީން ކުރެވުނީ އެގައުމުގެ ރީޖަނަލް މިނިސްޓަރު ޝައުކަތް ޔޫސަފްޒައީ އަށެވެ.

އޭނާ ޕްރެސްކޮންފަރެންސް ކުރިއަށް ގެންްދިޔައިރު އެ ފިލްޓަރު އޮންވެފައި ހުރިކަމެއް އެނގި ނުލައްވައެވެ.

ނަމަވެސް ޕްރެސްް ކޮންފަރެންސަށްފަހު މިނިސްޓަރު ވިދާޅުވެފައިވަނީ "އެފަދަކަމެއްް ހިނގާފާނެ" ކަމަށެވެ. އަދި އެއީ އޮޅުމަކުންވީކަމެއް ކަމަށް ވިދަޅުވެ އޭނާ ވަނީ އެ ވީޑިއޯ ޑިލީޓުކުރައްވާފައެވެ.

ނަމަވެސް އެ ޕްރެސްް ކޮންފަރެންސްގެ ސްކްރީން ޝޮޓުތައް އަންނަނީ ޝޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު