އީއައިބީ އިން ރާއްޖެއަށް 663 މިލިއަން ރުފިޔާގެ ލޯނެއް ދެނީ

ޔޫރަޕިއަން އިންވެސްޓަމްންޓް ބޭންކް (އީއައިބީ) އިން ވަރަށް އަވަހަށް ދިވެހިރާއްޖެއަށް 663 މިލިއަން ރުފިޔާ (45 މިލިއަން ޑޮލަރު) ގެ ލޯނެއް ދޭނެކަމަށްބުނެފިއެވެ.

މި ލޯނު ދިނުަމަށް ނިންމާފައިވާކަން އިއުލާނު ކުރެއްވީ، ކުރުނބާ ރިސޯޓުގާ ކުރިއަށްް ދާ މޯލްޑްވސް ޕާޓްްނާޝިޕް ފޯރަމުގާ އީޔޫގެ ސަފީރު ޓުންގް ލައި މާގް އެވެ. މި ފޯރަމުގައި 35 ގައުމަކުންް ބައިވެރިވެއެވެ. މިއީ ދެ ދުވަހަށް ކުރިއަށްދާ ފޯރަމެކެވެ.

މި ލޯނުގެ އިތުރުން ފަސް މިލިއަން ޑޮލަރުގެ ހިލޭ އެހީޢެއް ވެސް އީޔޫއިން މިއަދު ވަނީ ދިވެހިރާއްޖެއަށް ދީފައެވެ. މި ފައިސާއަކީ ވެސް ދިވެހިރާއްޖޭގައި ތެޔޮ ބޭނުންްކުރުން މަދު ކުރުމަށް ދީފައިވާ ފައިސާއެވެ.

އީޔޫ އިން މިހާރު ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ ހާލަތުު ރަނގަޅެވެ. އަދި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އީޔޫ އިން ނިންމާފައިވާ ނިންމުން މިއަދު ވަނީ އަނބުރާ ގެންގޮސްފައެވެ. އީޔޫއިން ބުނީ ދިވެހިރާއްޖޭގެ ކަންްކަން ރަނގަޅުވާން ފަށާފައިވަނީ ރައީސްް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތްފަހުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު