"އަލީ ހުސޭންގެ ވާހަކައަށް އިހުތިރާމް ކުރަން ނަމަވެސް ތާއީދެއް ނުކުރަން"

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެންް ދެއްކެވި ވާހަކަ ފުޅުތަކަށް އިހުތިރާމް ކުރައްވާކަމަށާއި ނަމަވެސް އޭނާ ދެއްކެވި ވާހަކަތަކަށް ތާއީދު ނުކުރާކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމިމް މިހެން ވިދާޅުވީ، "ފަނޑިޔާރުންނާ މެދު އިންސާފުން އަމަލުކުރަން އަލީ ހުސައިންގެ ގޮވާލެއްވުމަށް ޝަމީމްގެ ތާއީދު" ނަމުގައި ނޫހެއްގައި ލިޔެފައިވާ ހަބަރެއް ޓެގު ކުރައްވައެވެ.

ޝަމީމް މި ވާހަކަތައް އިތުރަށް ތަފްސީލު ކޮށްދެއްވަމުން ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު ޖުޑީޝަރީން އޭނާ ކޮޓުތަކަށް ނުދެވޭގޮތަށް ސަސްޕެނޑު ކުރީ ފުލުހުން ބަލަމުން އަންނަ މައްއސަލައަކާ ގުޅިގެންކަމަށް ބުނެފައިވާކަމަށެވެ. އަދި އޭނާއާއި އެއްވެސް ސުވާލެ ޖުޑީޝަރީން ނާހާކަމަށް ވެސްް ޝަމީމް ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުން މައްސަލަ ދޫކޮށްލުމުން ސަސްޕެންޝަން އުވާލީ ކަމަށްވެސް އޭނާވިދާޅުވިއެވެ.

"ހަމަ އެ އުސޫލަށް މިހާރު އަމަލުކުރުން ގޯހީބާ؟" ޝަމީމް ވިދާޅުވެފައިވެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑުކުރި ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދިނީ ކީއްވެތޯ ސާފުކޮށްދޭން ޖެހޭކަމަށް އަލީ ހުސެން ވަނީ ރޭ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ، އަލީ ހުސެން ވިދާޅުވީ ފަނޑިޔާރުން ސަސްޕެންޑުކުރި އިރު އެބޭފުޅުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދޭކަމަށް ސޯޝަލް މީޑިއާއާއި ހަބަރުތަކުން ފެނިގެން ބެއްލެވިއިރު ފަނޑިޔާރުންނަށްް ޖަވާބުދާރީވާން ފުރުސަތު ދީފައި ނުވާކަން ޔަގީން ކުރެވިފައިވާކަމަށެވެ.

"ޖޭއެސްސީގެ މެމްބަރުން މި ކޮމެޓީީީއަށް ހާޒިރުކޮށް އެ ފުރުސަތު ނުދިނީ ކީއްވެތޯ ސާފުކުރަންްޖެހޭ، ރައްޔިތުންނަށް އެކަން އޮޅުން ފިލުވައިދިނުން އެއީ އަޅުގަނޑުމެންގެ ވާޖިބެއް" އަލީ ހުސެން ވިދާޅުވިއެވެ.

އަލީ ހުސެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުން ކުރިން އެ ކޮމެޓީއަށް ހާޒިރުވެ ދައްކަވާފައިވާ ވާހަކަފުޅުތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވެލައްވާކަމަށެވެ.

މީގެ އިތުރުން އަލީ ހުސެން ވިދާޅުވެފއިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނިންމުމަކީ ސައްހަ ނިންމުމެއްމެއްކަމަށް މަޖިލީހުން ނިންމަންޖެހޭ ސަބަބު ސާފުކޮށްދިނުމަށް އެދޭކަމަށެވެ.

ނަމަވެސް ރޭ ޖުޑީޝަރީ ކޮމެޓީން ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ ރަނަގަޅަށްކަމަށް ބުނޭ ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.

ރިޕޯޓު ފޮނުވާފައިވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އަނެެއްކާވެސް އަމުރެއް ނެރި، ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެކޯޓުން ކޮށްފައިވާ އަމުރާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއްކަމަށް އެ ސުޕްރީމް ކޯޓުން ނިންމާ އަމުރުކުރާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު