ރާއްޖޭގެ ހާލަތު މިހާރު ރަނގަޅު: އީޔޫ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތްފަހުން ދިވެހިރާއްޖޭގެ ހާލަތު މިހާރު ރަނގަޅުވެފައިވާކަމަށާއި، އެހެން ކަމުން ދިވެހިރާއްޖެ އާއި މެދު ފިޔަވަޅު އަަޅަން ނުފެންނަކަމަށް ޔޫރަޕިއަން ޔޫނިއަން، އީޔޫ އިން ބުނެފިއެވެ.

"ރާއްޖެއަށް ފިޔަވަޅު ނާޅަން ނިންމީ ރާއްޖޭގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް. އެގޮތުން ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ރާއްޖޭގެ ހާލަތު ރަނގަޅުވެފައިވާކަން ފާހަގަކުރެވޭ.ސުލްހަވެރި އަދި ޑިމޮކްރަޓިކް މަޖިލިސް އިންތިހާބެއް ބޭއްވުމަކީ ހިތްހަމަ ޖެހޭކަމެއް،" އީޔޫގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެއާއި ދެކޮޅަށް އީޔޫ އިން 2018 ވަނަ އަހަރު އެކުލަވާލި އޮނިގަނޑުގައި ބުނެފައިވަނީ، ރާއްޖެއާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ފާސްކުރުމަށް ނިންމަވާފައިވަނީ، ސިޔާސީ ފައިދާތަކެއް ހާސިލް ކުރުމަށް ބަޔަކު ހައްޔަރު ކުރުމާއި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމާއި އަދި މަޖިލީހުގެ ތެރެއިން ނިންމާ ނިންމުންތައް ނިންމުމަށް މަގުފަހި ކޮށްދިނުމާއި އިންސާނީ ހައްގުތަކާއި ގާނޫނު އަސާސީއާއި އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރުމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް ގާއިމް ކުރުމަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު