ޖާބިރުގެ ގަރާރު މަޖިލީހުން ބޭރުކޮށްްލައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވަނީ ގެސްޓު ހައުސްތައް ހިިންގުމުގެ ސިޔާސަތުގައި ހުރި ކަންބޮޑުވުންތަކެކެވެ. އެގޮތުން ގެސްޓުހައުސް ވިޔަފާރި މުޅިން އެއްކޮށް ބިދޭސީންނަށް ކޮންޓްރޯލް ކުރެވޭނެ ފުރުސަތު ސަރުކާރުގެ ގެސްޓުހައުސްގެ ސިޔާސަތުގައި އެބައޮތްކަމަށް ވެސް ވަނީ އެ ގަރާރުގައި ވިދާޅުވެފައެވެ.

ގެސްޓުހައުސްތަކާއި ގުޅޭގޮތުން ޖާބިރު ހުށަހެޅުއްވި ގަރާރަށް އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި ގަރާރު ވަގުތުން ބޭރުކޮށްލަން ޖެހޭކަމަށް ވެސް އެމްޑީޕީ މެމްބަރުން ވަނީ ބަހުސް ކުރައްވަމުން ވިދާޅުވެފައެވެ.

ޖާބިރުގެ ގަރާރު ބޭރުކޮށްލާފައިވަނީ، އެ ގަރާރާއި ދެކޮށަށް 62 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ގަރާއި އެއްކޮޅާށް ވޯޓު ދެއްވީ 15 މެމްބަރުންނެވެ.

"ރޯ ބުހުތާނު ދޮގު ވާހަކަތަކެއް އޭގައި އެކުލެވިގެންވާ ގަރާރެއް. ސަރުކާރުން ލޯކަލް ޓޫރިޒަމްް ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގަ ސަރުކާރުގެ ސިޔާސަތުތަކާ ހިލާފަށް ވާހަކަތަކެއް ލިޔެ މި މަޖިލިސް ފްލޯއަށް ގެނައުމުގެ ބޭނުމެއްގެ ގޮތުގައި އަޅުގަަނޑަށް ފެނިގެން މިދަނީ އެ މަނިކުފާނުގެ ހިތުގައި ސަރުކާރާ މެދު ހުރި ބައެއް ޖަޒުބާތުތައް ރައްޔިތުންނަށް ފެންނާނެ ކަހަލަ ގޮތަކަށް މި މަޖިލީހުގެ ފްލޯއަށް ހުށަހެޅުން" އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު