ބާ ކައުންސިލްގެ ބިލް މަޖިލީހަށް ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުން ބާ ކައުންސިލްގެ ބިލް މިއަދު ބަލައިގަތުމަށް ފާސް ކޮށްފިއެވެ.

މި ބިލު ބަލައިގަތުމަށް ފާސް ކޮސްފައިވަނީ 77 މެމްބަރުންގެ ވޯޓުންނެވެ.

އެ ބިލާއި ދެކޮޅާށް އެއްވެސް މެމްބަކު ވޯޓެއް ނުދެއެވެ.

ގާނޫނީ ދާއިރާ ރެގިއުލޭޓް ކޮށް ވަކީލުން ޒިންމާދާރު ކުރުވުމަށް އެކުލަވާލާ "ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލް" އަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ ބިލެކެވެ.

މި ބިލަކީ ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅޭ ކަންތައް ބަލަހައްޓަން އުފައްދާ ބާ ކައުންސިލް އުފެއްދުމަށް ބާރުދޭ ބިލެކެވެ.

މި ބިލުގެ ސަބަބުން ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމާއި، މަސައްކަތް ހަރުދަނާކޮށް، ޤާނޫނީ މަސައްކަތަކަށް މިނިވަންކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވަނީ ވިދާޅުވެފައެވެ. .

ކިޔުންތެރިންގެ ހިޔާލު