އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ އިންތިހާބު ޖުލައި މަހު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ޕާލިމެންޓަރީ ގުރޫޕުގެ އިންތިހާބު އަންނަމަހު ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.

އެޕާޓީން އަންނަ މަހު ބާއްވާ ޕާލިމެންޓަރީ ގުރޫޕުގެ އެތެރޭގެ އިންތިިހާބުގައި އިންތިހާބު ކުރާ 10 މަގާމަކީ، ޕީޖީ ލީޑަރާއި، ޑެޕިއުޓީ ޕީޖީ ދެ ބޭފުޅުންނާ، ސެކެރެޓަަރީ ޖެނެރަލްއާއި، ވައިސް ވިޕްގެ އިތުރުން ހަ ވިޕުންނެވެ.

އިންތިހާބު އޮންނާނީ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ހަވީރު 4:00 އިން 5:00 އަށްކަމަށް އެ ޕާޓީން ބުނެއެވެ.

ރައްުޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ އެމްޑީޕީއެވެ. އަދި މަޖިލީހުގެ 87 ގޮނޑީގެ ތެރެެއިން 65 ގޮނޑި ތަމްސީލު ކުރަނީ އެމްޑީޕީންނެވެ.

އިލެކްޝަންްސް ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެމްޑީޕީގެ އާންމު މެމްބަރުންގެ ތެރޭގައި 54،302 މެމްބަރުން އެބަތިއްބެވެ. މިހެންކަމުން މިހާރު ރާއްޖޭގައި އޮތް އެންމެ އާންމު މެމްބަރުން ގިނަ ޕާޓީއަކީ ވެސް އެމްޑީޕީއެވެ.

ކިޔުންތެރިންގެ ހިޔާލު