"ޖާބިރު ގަރާރު ހުށަހެޅުއްވީ ޓީވީން ޖަލްސާ ލައިވްކުރާތީ"

ކާށިދޫ ދާއިރާާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ފާޑުކިޔަން ފަށައިފިއެވެ.

މިގޮތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެފައިވަނީ ޖާބިރު ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވިއިރު ޖާބިރަކީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީގެ ނައިބު މުގައްރިރުކަމަށެވެ. އަދި އެ ފަދަ މައްސަލަތައް ފްލޯއަށް ހުށަހެޅުމުގެ ބަދަލުގައި ކޮމެޓީތަކަށް މައްސަލަ ހުށަހަޅައިގެން ގެންދިއުން ބުއްދިވެރިމަށެވެ.

"ކޮމެޓީގެ ވަގުތަކީ ވެސް ލައިވް ކުރާ ވަގުތުތަކެއް. އެހެންވީމާ ކޮންމެހެން ލައިވް ނުކުރާތީ ރައްޔިތުންނަށް އެ މައުލޫމާތު ހާމަނުކުރެވިދާނެތީ ދިމާވާ ކޮންމެ މައްސަލައެއް މިގޮތަށް ފްލޯއަށް ގެނައުމަކީ އެންމެ ޒިންމާދާރުކޮށް ކުރެވޭ ކަމެއްކަމަށް އަޅުގަނޑު ނުދެކެން،" މިއަދުގެ މަޖިލިސް ޖަލްސާގައި ނިޔާޒް ވިދާޅުވިއެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވަނީ ގެސްޓު ހައުސްތައް ހިިންގުމުގެ ސިޔާސަތުގައި ހުރި ކަންބޮޑުވުންތަކެކެވެ. އެގޮތުން ގެސްޓުހައުސް ވިޔަފާރި މުޅިން އެއްކޮށް ބިދޭސީންނަށް ކޮންޓްރޯލް ކުރެވޭނެ ފުރުސަތު ސަރުކާރުގެ ގެސްޓުހައުސްގެ ސިޔާސަތުގައި އެބައޮތްކަމަށް ވެސް ވަނީ އެ ގަރާރުގައި ވިދާޅުވެފައެވެ.

ނިޔާޒުގެ އިތުރުންް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވެސް ވިދާޅުވީ ޖާބިރު ހުށަހެޅުއްވި ގަރާރަކީ ސަރުކާރަށް ތުހުމަތުތަކެއް ކޮށް ބޮޑެތި ބަދުނާމުތަކެއް އަޅުވަން މަޖިލީހަށް ހުށަހެޅި ގަރާރެއް ކަމަށެވެ.

"ރޯ ބުހުތާނު ދޮގު ވާހަކަތަކެއް އޭގައި އެކުލެވިގެންވާ ގަރާރެއް. ސަރުކާރުން ލޯކަލް ޓޫރިޒަމްް ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގަ ސަރުކާރުގެ ސިޔާސަތުތަކާ ހިލާފަށް ވާހަކަތަކެއް ލިޔެ މި މަޖިލިސް ފްލޯއަށް ގެނައުމުގެ ބޭނުމެއްގެ ގޮތުގައި އަޅުގަަނޑަށް ފެނިގެން މިދަނީ އެ މަނިކުފާނުގެ ހިތުގައި ސަރުކާރާ މެދު ހުރި ބައެއް ޖަޒުބާތުތައް ރައްޔިތުންނަށް ފެންނާނެ ކަހަލަ ގޮތަކަށް މި މަޖިލީހުގެ ފްލޯއަށް ހުށަހެޅުން" އިހަވަންދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

އިހަވަންދީ ދާއިރާގެ މެމްބަރު އެހެން ވިދާޅުވުމުން ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި މަޖިލީހުގައި ބަހުސް ކުރަން ވާނީ ހުށަހެޅިފައިވާ ގަރާރާގުޅޭ ގޮތުންކަމަށާއި، މަޖިލީހަކީ މެމްބަރުންގެ ވާހަކަ ދައްކަން އޮތްތަނެއް ނޫންކަމަށް ވިދާޅުވެފައެވެ.

ޖަބީރު ނިޒާމީ ނުކުތާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގަބޫލު ކުރައްވާ "ގަރާރަށް ވާހަކަ ދެއްކެވުމުން ބުއްދިވެރިވާނެކަމަށް" ވިދާޅުވެ އިހަވްނދޫ ދާއިރާގެ މެމްބަރަށް ނަސޭހަތް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު