ތިން ފަނޑިޔާާރުންްގެ މައްސަލަ ހުށެހި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ދޮގުކޮށްފި

މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލުކޮށްލި މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ހުށަހަޅާފައިވާކަމަށް ދެކެވޭ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ތާވަލުކުރިކަމަށް ދިވެހި ގިނަ މީޑިއަތަކުައި އިއްޔެ ހަަބަރު ފެތުރިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަބްދުﷲ ދީދީގެ އިތުރުން އެކޯޓްގެ އެހެން އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް މިވަގުތު އެ ކޮމިޝަނުގައި ނެތް ކަމަށް ވެސް މިއަދު ވަނީ ހާމަކޮށްފައެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީ 1 ވަނަ ދުވަހު ސުޕްްރީމް ކޯޓުން ނެރުނު އަމުރު ބާތިލުކުރެއްވީ ފަނޑިޔާރު ޑރ.އަޙްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު ޢަބްދުﷲ ޢަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ފެބުރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލު ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރން ރިސްވަަތު ނަންގަވައިގެން ނެރުނު އަމުރެއްކަމަށް އޭރު އޮތް ރައީސް އަބްދުއްﷲ ޔާމިންގެ ސަރުކާރުން ތުހުމަތުކުރައްވައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައިގެން ވަދެ އެ ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރުކޮށްގެން ގެންދިއުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު