އިތުރު ފަރުވާއަށް މެމްބަރު ހަސަންޓޭ ލަންކާއަށް ފުރައިފި

އިތުރު ފަރުވާއަށް މެމްބަރު ހަސަންޓޭ ލަންކާއަށް ފުރައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ސައިކަލް ކަހާލައިގެން ވެއްޓި، ބުރާސްފަތި ދުވަހުގެ ރޭ ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

އެކްސިޑެންޓު ހިނގަން މެދުވެރިވީ، ހިނގާފައި ދިޔަ މީހެއްގެ ގައިން ސައިކަލް ނައްޓުވާލަން އުޅެނިކޮށް ސައިކަލް ކަހާލައިގެން ކަމަށެވެ. ހަސަންޓޭ އެކްސިޑެންޓުވުމާ ގުޅިގެން ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

ހަސަންޓެގެ ނިއްކުރި ވަރަށް ބޮޑަށް ފަޅައިގެން ގޮސް ވައަތު ފައި ވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. އެކަމަކު، ފަރުވާ ދިނުމަށް ފަހު އެ ދުވަހު، އޭޑީކޭ ހޮސްޕިޓަލް އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު