އަދުލް އިންސާފަށް ހުރަސް އެޅިކަމުގެ ތުހުމަތު ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ވެސް އަޅުވައިފި

އަދުލް އިންސާފަށް ހުރަސް އެޅިކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ވެސް އަޅުވައިފިއެވެ.

ރައީސް ނަޝީދުގެ އިސްތަށި ފުޅުގައިި މި ތުހުމަތު އަޅުވައްވައި މައްސަލަ ފުލުހަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއެވެ.

އަދުލް އިންސާފަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފުލުހަށް މައްސަލައެއް ހުށަހެޅުއްވިކަން އެ މުއައްސަސާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އަދި އެއީ ޖިނާއީ މައްްސަލައެގެ ގޮތުގައި ބެލޭނެތޯ ފުލުހުން އަންނަނީ ބަލަމުންނެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުންނެއް ނުދެއެވެ.

ނަމަވެސް ހަބަރުތައް ފެތުރޭ ގޮތުން ޖޭއެސްސީން މިދިޔަ ހަފްތާގައި ސަސްޕެންޑު ކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ފުލުހަށް ރޭ ހުށަހެޅުއްވި މައްސަލާގައި ތުހުމަތުކުރެވޭ ޖޭއެސްސީގެ ފަސް މެމްބަރުންގެ ލިސްޓުގައި ހިމެނެނީ، ރައީސް ނަޝީދާއި، ދަށު ކޯޓުގެ ތެރެއިން ޖޭއެސްސީއަށް އައްޔަނު ކޮށްފައިވާ ފަނޑިޔާރު މުހައްމަދު އީސާ ފުޅާއި، ބަންޑާރަ ނައިބު އިބްްރާހިމް ރިއްފަތާ، ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު މަސްތޫރު ހުސްނީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފަަރާތުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެންބަރު ހިސާން ހުސެން އެވެ.

ކިޔުންތެރިންގެ ހިޔާލު