"ޖޭއެސްސީ ގެ ނިންމުން ރަނގަޅު"

ޖޭއެސްސީ ސީން ނިންމި ނިންމުން ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ކޮމެޓީން މިމަހު 13 ވަނަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ ގެ މެމްބަރުން އެ ކޮމެޓީއަށް ހާޒިކޮށް، އެކުލަވާލި ރިޕޯޓުގައެވެ.

އެ ރިޕޯޓު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ސިޓީ ފަދަ ތަކެތި ފޮނުވައިގެން ފަނޑިޔާރުންގެ އެޕްރައިޒަލްވެސް ހުއްޓުވާލާފައިވާކަމަށެވެ.

"ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ސުޕްރީމްކޯޓުން ހުރަސްތަކެއް ކުރިމަތި ކުރައްވާކަން. ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތިކުރައްވާކަން. ގާނޫނު އަސާސީއާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް މަތިކުރެވިފައިވާ މަސައްކަތްތުގެ އިހްތިސޯސްގެ ތެރެއަށް ސުޕްރީމްކޯޓުން ވަނުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާކަން،" އެ ރިޕޯޓުގަައި ފާހަގަކޮށްފައި ބައެއް ކަންްތައްތަކުގެ ތެރޭގައި ހިމެނެއެވެ. ރިޕޯޓު ފާސް ކުރުމުގެ ކުރިން ވިދާޅުވެ ދެއްވީ ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔަޒް ފަހުމީއެވެ.

ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑު ކުރުމާމެދު ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ކަމާއި އެ ނިންމުމަށް އަމަލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސަސާއަކަށް އެންގާކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު