ޖޭއެސްސީ މެމްބަރުންތަކެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަސް މެމްބަރެއްގެ މައްސަލަ މޯލްޑިވިސް ޕޮލިސް ސާވިސް އަށް ހުށަހަޅައިފިއެވެ.

މައްސަލަ ހުށަހެޅުއްވީ ޖޭއެސްސީން ސަސްޕެންޑުކުރި ފަނޑިޔާރެއްކަމަށް މައުލޫމާތު ލިބެއެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ޖޭއެސްސީގެ ފަސް މެމްބަރަކާއި ގުޅޭ މައްސަލައެއް ފަނޑިޔާރު ދީދީ މިރޭ އެ އިދާރާ އަށް ފޮނުވި ސިޓީއަކުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުން ދަނީ އެ މައްސަލަ އަކީ ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ ބާވަތުގެ މައްސަލައެއްތޯ ބެލުމަށް އެ މައްސަލަ ދިރާސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުން އަަންނަކަމަށެވެ.

ހަބަރުތައް ފެތުރޭ ގޮތުގާ މައްސަލަ ހުށެހެޅުއްވީ ސަސްޕެންޑު ކޮށްފައިވާ ސުޕްްރީމްް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއެވެ. މައްސަލަ ހުށަހެޅުއްވީ "އަދުލް އިންސާފަށް ހުރަސްއެޅުމުގެ" ތުހުމަތު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު