"ސަސްޕެންޑު ކުރި ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދިނީ ކީއްވެތޯ ސާފުކުރަންޖެހޭ"

ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑުކުރި ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދިނީ ކީއްވެތޯ ސާފުކޮށްދޭން ޖެހޭކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ، އަލީ ހުސެން ވިދާޅުވީ ފަނޑިޔާރުން ސަސްޕެންޑުކުރި އިރު އެބޭފުޅުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދޭކަމަށް ސޯޝަލް މީޑިއާއާއި ހަބަރުތަކުން ފެނިގެން ބެއްލެވިއިރު ފަނޑިޔާރުންނަށްް ޖަވާބުދާރީވާން ފުރުސަތު ދީފައި ނުވާކަން ޔަގީން ކުރެވިފައިވާކަމަށެވެ.

"ޖޭއެސްސީގެ މެމްބަރުން މި ކޮމެޓީީީއަށް ހާޒިރުކޮށް އެ ފުރުސަތު ނުދިނީ ކީއްވެތޯ ސާފުކުރަންްޖެހޭ، ރައްޔިތުންނަށް އެކަން އޮޅުން ފިލުވައިދިނުން އެއީ އަޅުގަނޑުމެންގެ ވާޖިބެއް" އަލީ ހުސެން ވިދާޅުވިއެވެ.

އަލީ ހުސެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުން ކުރިން އެ ކޮމެޓީއަށް ހާޒިރުވެ ދައްކަވާފައިވާ ވާހަކަފުޅުތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވެލައްވާކަމަށެވެ.

މީގެ އިތުރުން އަލީ ހުސެން ވިދާޅުވެފއިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނިންމުމަކީ ސައްހަ ނިންމުމެއްމެއްކަމަށް މަޖިލީހުން ނިންމަންޖެހޭ ސަބަބު ސާފުކޮށްދިނުމަށް އެދޭކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުން އަލީ ހުސެން މިހެން ވިދާޅުވިއިރު އޭނާއަކީ ސުޕްރީމް ކޯޓުގެ ފަރާތުންް ސުވާލު އުފެދޭ ގޮތްގޮތަށް އެތައް ފަހަރެއްގެ މަތިން ފިޔަވަޅު އަޅާފައިވާ މީހެކެވެ. ނަމަވެސް އަލީ ހުސެން މިއަދު އެ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޖަވާބުުދާރީވާން ފުރުސަތު ނުދިނީ ކީއްވެކަން ރައްޔިތުންނަށް ސާފުވާންޖެހޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ސަވާ 2019

    އަލީ ހުސެންގެ ވާހަކަޔަށް ތާއީދުކުރެވޭ. ފަނޑިޔާރުންނަށްވެސް ޖަވާބުދާރީވާން ފުރުސަތު ލިބެންޖެހޭނެ.