ހައިވޭ ޑިވައިޑަރުތައް ދެން ފަޅައެއް ނުލެވޭނެ!

ހައިވޭ ޑިވައިޑުތައް ހަލާކުކޮށްލާ މައްސަލައަށް ހައްލު ހޯދުމަށް އެ ޑިވައިޑަރުތައް ކޮންކްރީޓުން ހެދުމަށް ނިންމައިފިއެވެ.

މާލެއާއި ހުޅުމާލެ އާއި ދެމެދު ބްރިޖް ފިޔަވައި ދެން ހުރި މަގުތަކުގައި ހުރި ޑިވައިޑަރުތައް ހަދާފައިހުރީ ލަކުޑިންނެވެ. މިހެންކަމުން ގިނަ އެކްސިޑެންޓުތަކުގައި ޑިވައިޑަރުތައް ފުނޑު ފުނޑުވެއެވެ.

ޑިވައިޑަރުތައް ކޮންކްރީޓުން ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އެޗްޑީސީން ބުނެއެވެ.

ޑިވައިޑަރުތައް ފަޅާލި ދެ މީހެއްގެ ލައިސަންސު ވެސް ޓްރާންސްޕޯޓު މިނިސްޓްރީން  ވަނީ މިމަހު ހިފަހައްޓާފައެވެ.

ޖޫން 4 ގައި ހުޅުމާލެ ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެ، ޑިވައިޑަރުތައް ފުނޑުނޑުވި މައްސަލާގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ވަނީ އެއް އަހަރަށް ހިފަހައްޓާފަ އެވެ. އަދި އޭނާ ފުލުހުންނަށް އެކްސިޑެންޓު ރިޕޯޓު ނުކޮށް ފިލުމުން، ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.

ޖޫނެ 8 ވަނަ ދުވަހު ހުޅުމާލެ ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ޑިވައިޑަރުތަކުގައި ޖެހުމުން، އެ މައްސަލައިގައި ހިމެނޭ މީހާގެ ލައިސެންސް ވެސް ހިފެހެއްޓީ އެއް އަހަރަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު