ޖޭއެސްސީގެ ނިންމުމަށް ސުޕްރީމް ކޯޓުން އަނެއްްކާވެސް ގޮންޖަހައިފި

ފުލުހުން ބަލަމުން އަންނަ ރިސްވަތުގެ މައްްސަލައެއްގައި ސަސްޕެންޑުކޮށްފައިވާ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނޭ ބެންޗަކުން ބަލާ މައްސަލައެއް މާދަމާއަށް ތާވަލުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނިންމުމަށް ސުޕްރީމްކޯޓުން އަނެއްްކާވެސް ގޮންޖަހައިފިއެވެ.

ސުޕްރީމް ކޯޓުން މާދަމާއަށް ތާވަލުކޮށްފައިވާ މައްސަލައަކ ފައިސާ ހޯދުމަށް އަމިއްލަ ދެ މީހެއްގެ މެދުގައި ކުރިއަށްދާ އެ ޝަރީއަތް މަޖިލީޖހެކެވެ.  މި މައްސަލަ ބައްލަވާ ބެންޗުގައި ޖޭއެސްސީން ސަންޕެންޑު ކޮށްފައިވާ ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ދެން ތިއްބަވަނީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ޖޭއެސްސީގެ ނިންމުން ބާތިލުކޮށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ފަނޑިޔާރު އަބްދުﷲ  ދީދީއަށް ފިޔަވަޅު ނާޅަން ސުޕްރީމް ކޯޓުން އަމުރުކޮށްފައި އޮތް ނަމަވެސް ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ޖުޑީޝަރީ އިސްލާހު ކުރާނެކަމަށް އަބަދުވެސް ބުނަމުން އަންނަ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބި ވެރިކަން ވެސް ލިބުމާއެކު ޖޭއެސްސީގައި ތިބޭ 10 މެމްބަރުގެ ތެރެއިން ގިނަ މެމްބަރުންގެތަކެއްގެ ތާއީދު މިހާރު ވަނީ އެ ޕާޓީއަށް ލިބިފައެވެ.

ޖޭސްސީގެ ކޮންޓްރޯލް އެމްޑީޕީއާއި ސަރުކާރަށް ލިބުނުފަހުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވަނީ ހައިކޯޓުގެ އިސް ފަނޑިޔާރާއި ސުޕްރީމްކޯޓުގެ އިސް ފަނޑިޔާރު އަބްްދުﷲ ދީދީގެ ސަސްޕެންޑުކޮށް އިތުރު ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ ގާނޫނުތަކަށް ބަދަލުގެނެސްގެން ނަމަވެސް ޖޭއެސްސީގެ މައްޗަށް ސުޕްރީމްކޯޓުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިފައެވެ.

 

 

 

 

 

ކިޔުންތެރިންގެ ހިޔާލު