"ޖަޒީރާ ހޮޅުއަށި" ކަދުރު ރުކަށް އެރި މީހާގެ ނަދުރަށްވެއްޖެ!

"ޖަޒީރާ ހޮޅުއަށި" ނަމުގައި ރައްޔިތުންނަަށް ދިމާވާ ތަފާތު މައްސަލަތައް ދެނަގަނެ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ރައްޔިތުންނާ މަޝްވަރާ ކުރަން ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް ރައީސް ސާލިހުު ނިންމެވީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސަރުކާރުގެ އިންތިގާލީ މަރުހަލާގެ ތެރޭގައެވެ.

މި ބައްދަލުވުންތައް ބާއްވަން ރައީސް ސާލިހު ނިންމެވީ "ކޯލިޝަން ސަރުކާރުން އަބަދު ވެސް ކަންކަން ކުރަނީ ރައްޔިތުންގެ އަޑުއަހައި މަޝްވަރާކޮށްގެން" ކަމަށް ވިދާޅުވަމުންނެވެ.

"ރައްޔިތުންގެ އަޑުއަހާފައި އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ޕްލޭން އާއި އެ ހުރިހާ އެއްޗެއް އިތުރަށް ޕޮލިސީތަކުގެ ތެރެއިން ފުޅާކުރެވިގެންދާނެ،" ރައީސް ސާލިހު އިންތިގާލީ ރައީސްގެ ގޮތުގައި ހުންނެވިއިރު އެމަނިކުފާނުގެ ސްޕޯކްސް ޕާސަންކަން ކުރެއްވި ކުރީގެ މައްޗަންގޯޅި އިތުރު ދާރިރާގެ މެމްބަރު އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މި މަޝްވަރާ ބައްދަލުވުންތަކާ ގުޅޭގޮތުން ވިދާޅުވެފައިވެއެވެ.

ޖަޒީރާ ހޮޅުއަށީގެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2018 ވަނަ އަހަރުގެ  ނޮވެންބަރު 5 ވަނަ ދުވަހު ދަރުބާރުގޭގައެވެ.

ފުރަތަމަ ބައްދަލުވުމުގައި  ރައީސް ސާލިހުގެ އިތުރުން ކޯލިޝަންގެ ލީޑަރުންގެ ތެރެއިން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބުދުﷲ އާއި، ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމް އަދި ރައީސް މައުމޫނުގެ ފަރާތް ޕުޅުން އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސިލްސިލާގެ ދެވަނަ ބައްދަލުވުންް އޮތީ ލާމަރުކަޒީ ނިޒާމަށް އަމާޒުކޮށްގެން މިއަހަރުގެ ޖެނުއަރި 31 ވަނަ ދުވަހުއެވެ. މި ބައްދަލުވުމުގައި ވެސް ރައީސް ސާލިހު ބައިވެރިވެ ވަޑައިގަތެވެ. މި ބަައްދަލުވުމުގައި ކުރިންް ބައިވެރިވެ ވަޑައިގެންނެވި ސަރުކާރު ކޯލިޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިއެއް ނުގަނެއެވެ. ނަމަވެސް ދައުލަތުގެ  ބައެއް މިނިސްޓަރުން ބައިވެރިވެ ވަޑައިގަތެވެ.

ރައްޔިތުންގެ ހިޔާލު ހޯދައި މަޝްވަރާކުރުން މިހާރު މުހިންމެއް ނޫންބާ؟

ޖަޒީރާ ހޮޅުއަށީގެ ބައްދަލުވުމެއް ނުބާއްވާތާ ފަސް މަހަށްވުރެ ގިނަ ދުވަސް މިހާރު ފާއިތުވެގެން ދިޔައީއެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަސް ވެސް ނިމި، މަޖިލިސް އިންހިހާބު ވެސް ނިމި ސަރުކާރު ހިންގާ މައި ޕާޓީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިއްޖެއެވެ.

މިހެންކަމުން "ޖަޒީރާ ހޮޅުއަށީގެ" ބައްދަލުވުންތަައް ނުބާއްވަންވީ ސަބަބެއް ނެތެވެ. ސަބަބަކީ ޑިމޮކްރަސީއެއްގައި ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި އެ ބާރުތައް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައިކަމަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައިވެސް ބުނެފައިވެއެވެ.

ރައީސް ސީދާ އިސްނަގައިގެން ފެއްޓެވި "ޖަޒީރާ ހޮޅުއަށި" ވެގެން ދިޔައީ ގިނަ ރައްޔިތުންނަނަށް ވަރަށް ބޮޑެތި އުއްމީދުތަކެއް އާވެގެނެ ދިޔަ ކަމަކަށެވެ. ސަބަބަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ފުޅާދާިއިރާއެއްގައި ސީދާ ރައީސް އަށް މިނިވަން މާހުައުލެއްގައި ކަިޔައިދުނުމުގެ ފުރުޞަތު ރައްޔިތުންނަނަށް ލިބިގެން ދިއުމެވެ. ނަމަވެސް ސުވާލަކީ މިހާ ދުވަސްވެގެން ދިޔައިރުު މީގެ  އިތުރު ބައްދަލުވުމެއް ނުބޭއްވި ދިގުދެމިގެން ދަނީ ރައްޔިތުންގެ ކަންބޮޑުވުން ނެތިގެންތޯއެވެ. ރައްޔިތުންނަށް ދިމާވާ މައްސަލަތައް ކުއްލިއަކަށް ހައްލުކުރެއްވީ ތޯއެވެ. ރައްޔިތުންނާ ގާއތުން ސަރުކާރު ހިންގުމުގެ ވިސްނުން ކުރީގެ ވެރިންތަކޭ އެއްފަދައިން ރަައީސް ސޯލިހުވެސް ހުޓަވާލެއވީތޯެވެ. ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅުކު އަމަލު ކުރައްވަންވާނީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ނޫންތޯއެވެ؟

މި ފޯރަމްތަކުގެ އިތުރުން ހަތަރު ލީޑަރުންގެ ބައްދަލުވުންތައް ވެސް ސަރުކާރުން ބާއްވަމުންނެއް ނުދެއެވެ. ދާދިފަހުން ސަރުކާރުގެ މަސައްކަތްތައް ހިނގާ މިންވަރު ހާމަކުރަން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރަހިމް ހޫދު ވިދާޅުވެފައިވަނީ ކޯލިޝަން ލީޑަރުންގެ ބައްދަލުވުންތައް ނުބޭއްވެނީ "ބުރަކަމުން" ކަމަށެވެ.

މިހެންވީރު ރައީސް ސާލިހާއި ދައުލަތުގެ އިސް ވެރިން ވެސް ރައްތިިތުންނާއި މަޝްވަރާކޮށް ސިޔާސަތުތައް ކަނޑައޭޅުމުށް "ބުރަ ކަމަކަށް ވުން" ވެސް އެކަށީގެންވެއެވެ.

ކޮންމެ ގޮތެއްވިއަސް "ޖަޒީރާ ހޮޅުއަށި" ކަދުރު ރުކަށް އެރިމީހާގެ ނަދުރަށްވެ ނިމިއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ސަވާދު 2019

    މިސަރުކާރުން ކުރާ އެއްވެސް ކަމެއް އެބަ ފެނޭތަ މީހަކަށް؟