ނުވަ ޓާޝަރީ ހޮސްޕިޓަލް އަޅައި މުޅި ރާއްޖެ ހޮސްޕިޓަލްތަކާ ގުޅާލަނީ

ރާއްޖޭގައި ނުވަ ޓާޝަރީ ހޮސްޕިޓަލް އަޅައި 25 ސީއެންބިއުލާންސް އިން ރާއްޖޭގެ ހުރިހާ ރަށެއް އެ ހޮސިޓަލްްތަކާ ގުޅާލަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިރަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގައި އަމީން ވިދާޅުވީ މި ނިޒާމުން ދިވެހިރާޢްޖެ ގުޅާލުމުންް ކޮންމެ ރަށެއްގައި ހުރި ބަލި މީހަކަށް ވެސް އެެންމެ މަދުވެގެން އެއް ގަޑީރު ތެރޭގަައި ޓާޝަރީ ހޮސްޕިޓަލެއްގެ ހިދުމަތް ލިބޭނެކަމަަށެވެ.

"ސްޕެޝަލިސްޓުންގެ ހިދުމަށް މުޅި ރާއްޖެއަށް ލިބޭނެ ނިޒާމެއް ގާއިމް ކުރުމަކީ މި ސަރުކާރުގެ އަމާޒެއް،" މިއަދުގެ ޕްރެސް ކޮންފަރެންސްގައި އަމީން ވިދާޅުވިއެވެ.

އަމީން ވަދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެން އެކުލަވާލި ސަރުކާރުން ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.

"މި ހޮސްޕިޓަލްތަކުގެ ތެރެއިން ފަސް ހޮސްޕިޓަލް ވާނީ ހުރިހާ ބައްޔަކަށް ފަރުވާހޯދޭ ފެންވަރުގެ ހޮސްޕިޓަލްތަކަކަށް،"

މިނިސްޓާރ އަމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަހަރު ނިމޭއިރު އެންބިއުލާންގެ ހިދުމަތް ލިބެން ހުންނާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު