މިއަދު ވެސް އުދަ އަރާފާނެ ސަމާލުވޭ!

މިއަދު ވެސް އުދަ އެރުން އެކަށީގެންވާކަމަށް މީޓްރޮލޮޖިކަލް ސާވިސް އިން ބުނެފިއެވެ.

މީޓްރޮލޮޖިކަލް ސާވިސް އިން ބުނެފައިވަނީ، ރާއްޖޭގެ ކަނޑުތަކުގެ ބާނިވެސް ބޮޑުކަމަށާއި ދިޔަވަރު ބޮޑުވާގަޑިތަކުގައި ރަށްރަށަށް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށެވެ. ފާއިތުފި ތިން ދުވަހުވެސް މާލެއަށާއި ބައެއް ރަށްރަށަށް އުދައަރާފައިވާއިރު ފާއިތުވި ތިން ދުވަހު އުދައެރި ނިސްބަތަށްވުރެ  ބޮޑަށް އުދަ އެރުން ކުރިއަށް އޮތް 24 ގަޑީރުގައި އެކަށީގެންވާކަމަށް ލަފާކުރެވޭކަމަށް ރޭ އެއިދާރާއިން ވަނީ ބުނެފައެވެ.

އުދައިގެ އަސަރު ބޮޑަށް ކުރާނީ މެދުރާއްޖޭގެ އަތޮޅުތަކަށާއި ދެކުނުގެ އަތޮޅުތަކަށްކަމަށް މެޓު އޮފީހުން ބުނެއެވެ.

އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވޭ. މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސްެ މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެ ކަމަށް މެޓްް އޮފީހުން ބުނެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 06 މޭލާއި 16 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިިއަކު ގާތްގަނޑަކަށް 30 މޭލު ބާރުމިނަަށްް އުތުރު އަތޮޅުތަކަށް ވައި ގަދަ ވާނެ ކަމަށް ލަފާ ކުރެވޭކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް މަޑުވެފަ ، ވިލާގަނޑުގައި އުތުރު އަތޮޅުތަކަށް އާދައިވަރަކަށް ގަދަވާނެއެވެ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައަރަމުން އަންނަތާ ތިން ދުވަސް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު