ބަގާވާތުގެ އަޑާއެކު ކަންބޮޑުވުން

C5f6f6fb Ec0f 4545 A833 C786a64c73a8
ރައީސް ޔާމިން އަދި ޑރ. މުއިއްޒު: ފޮޓޯ އެޓޯލް ޓައިމްސް

ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވިތާ ހަފްތާއެއްވެސް ނުވަނީސް އެމަނިކުފާނުގެ ސަރުކާރުގެ މައްޗަށް ބަގާވާތެއް ކުރަން އުޅޭކަމަށް ވެރިކަންކުރާ ޕާޓީ ޕީއެންސީއިން ބުނުމުން, ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަން ވަނީ ފަށާފައެވެ.

ބުދަ ދުވަހު ޕީއެންސީން އެކްސް ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ޓެގްކޮށް ބުނެފައިވަނީ “ސަރުކާރު ރެނދު އަޅުވާލައި ބަގާވަތް ކުރަންއެޅޭބަޔަކަށް އެފުރުސަތު ނުދޭނެ” ކަަމަށެވެ.

ޕީއެންސީން މިފަދަ ޓުވީޓެއް ކުރީ, ސަރުކާރުގެ ދިފާއުގައިކަމަށް ބުނެ 12 މެންބަރުންގެ ސްޓިއަރިން ކޮމެޓީއެއް ޕީޕީއެމުން އެކުލަވާލުމުންނެވެ. އެ ކޮމެޓީއަކީ ރައީސް އަބްދުالله ޔާމިންއަށް ލިބިލައްވާފައިވާ ބާރުގެ ދަށުން އުފެއްދެވި ކޮމެޓީއެއްކަމަށް އެ ކޮމެޓީ ޗެއާކުރައްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ ވިދާޅުވެފައެވެ.

މި ކޮމެޓީ އެކުލަވާލުމާއެކު ޕީޕީއެމްގެ ތެރެއިން ޑރ. މުއިއްޒުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ޕީޕީއެމްގެ ތެރޭގައި އުފެއްދި ކޮމެޓީއާ ދެކޮޅަށް މަސައްކަތް ފާށާފައެވެ. އެކޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ސިޓީއެއް ފޮނުއްވައި މަލީހު ސަސްޕެންޑު ކުރައްވައި, އޭނާގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ފޮނުއްވާފައެވެ.

ޕީއެންސީގެ މި ޓުވީޓާއެކު ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ނުތަނަވަސްކަމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. އަދި ބައެއް މީހުންއަންނަނީ ރައީސް އަބްދުالله ޔާމީނަށް ތާއީދުކޮށް, މި ސަރުކާރާ ދެކޮޅަށްވެސް ވާހަކަ ދައްކަމުންނެވެ.

މިގޮތުން މީހަކު އެކްސްގައި ބުނެފައިވަނީ “ސަރުކާރާ ދެކޮޅަށް ކުރާ ކޮންމެކަމަކާ އިދިކޮޅުވާނެ,” ކަމަށެވެ. އަނެއް ބަޔަކުބުނަނީ2012 .ބަގާވާތެއް ކުރުމުން ގައުމަށް ލިބުނު ގެއްލުމުން އަރައިނުގަނެވިގެން އުޅެނިކޮށް އިތުރު ބަގާވާތަކަށް ފުރުސަތު ނުދޭނެކަމަށެވެ

މި މައްސަލައިގައި ރައީސް އަބްދުالله ޔާމިންގެ ދިފާއުގައި ވާހަކަދައްކާ މީހުންވެސް އެބަތިއްބެވެ. އެމީހުން ބުނަމުން އަންނަނީ ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމިންގެ ފޮޓޯ ފުޅު ބޭނުންކުރައްވައިގެންކަމަށެވެ.

މި މައްސަލައިގައި ތިންވަނަ ފިކުރެއްވެސް ސޯޝަލް މީޑިއާަށްވަނީ އައިސްފައެެވެ. އެ މީހުން ބުނަނީ ޑރ. މުއިއްޒުއަށް ރައްޔިތުން ވޯޓު ދިނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށެވެ.

ކޮންމެ ގޮތެއްވިއަސް ވެރިކަމުގައި އޮތް ޕީއެންސީން އެކްގައި ބުނެފައިވާ “ބަގާވާތް” ކުރުން ވާނީ މިގައުމަށް ދެވޭނެ ފޫ ނުބެއްދޭނެވަރުގެ ދެރައަކަށެވެ. ދިވެހިި ރައްޔިތުން ޑރ. މުއިއްޒުއަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ދިނީ ފަސް އަހަރަށެވެ. އެ ފަސްއަހަރު ހަމަވަންދެން އެމަނިކުފާނު ވެރިކަމުގައި ހުންނަވަންޖެހޭނެއެވެ.

ފަހުގެ