"މަގޭ ހިޔާވެހި ޕޯޓަލްގައި ރަޖިސްޓްރީވުމުން ބޯހިޔާވެހިކަން ލިބެން ފަސޭހަވާނެ"

ބޯހިޔާވަހިން ބޭނުންވާ ހުރިހާ ރައްޔިތުން 'މަގޭ ހިޔާވެހި' ޕޯޓަލުގައި ރަޖިސްޓްރީވުމުން ބޯހިޔަވާހިކަން ލިބެން ފަސޭހަވާނެ ކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވްލޮޕްމަންޓުން ހާމަކޮށްފިއެވެ.

" ހުރިހާ ރައްޔިތުންވެސް އެ ޕޯޓަލްގައި ރަޖިސްޓްރީވުމަކީ މުހިންމު ކަމެއް. ހައުސިން ސްކީމެއް ތަޢާރަފްވާ ވަގުތު ޕޯޓަލްގައި ރަޖިސްޓްރީވެފައި ތިބި ފަރާތްތަކަށާއި އަދި ސަރުކާރަށްވެސް އެކަމުގައި ފަސޭހަތަކެއް ލިބިގެން ދާނެ،" ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ ޝާމިން މިއަދު ވިދާޅުވިއެވެ.

މިހާރު އެ ޕޯޓަލުގައި ވަނީ ދެ ހާހެއްހާ މީހުން ރަޖިސްޓާ ވެފައެވެ. އަދި އިތުރު މީހުން ރަޖިސްޓާކުރަން އަންނަނީ ކެމްޕޭނުތައްވެސް ކުރަމުންނެވެ.

"ފްްލެޓަށް އެދެން ކިއުގައި ޖެހެން ނުޖެހޭނެ ނިޒާމެއް ޤާއިމްކުރުން" މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގާއިމް ކުރެއްވުމަށް ވައުދުވެލައްވާފައިވާ ކަމެކެވެ. މި ޕޯޓަލް ތައާރަފް ކޮށްފައިވަނީ ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހު ހައުސިން މިނިސްޓްރީންނެވެ.

ކިޔުންތެރިންގެ ހިޔާލު