ދިއްދޫ ފުޓްސަލް ދަނޑަށް ގެއްލުން ދިން މީހުންނާއި ޓީމުތައް ޖޫރިމަނާކޮށްފި

ހއ.ދިއްދޫ ކައުންސިލްގެ ތިންވަނަ ފިތުރު އީދު ފުޓްސަލް މުބާރާތުގައި ކުޅެމުންދިޔަ މެޗެއް ހޫނުވެ ދިއްދޫ ފުޓްސަލް ދަނޑަށް ގެއްލުން ދިން މީހުންނާއި ޓީމުތައް އެރަށުކައުންސިލުން ޖޫރިމަނާކޮށްފިއެވެ.

ދިއްދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ހަމަނުޖެހުމާ ގުޅިގެން ފުޓްބޯޅަ މުބާރާތް ވެސް އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާކަމަށެވެ.

"ބްލެކްޒީނޯ އަދި ވަންތަޅާ ބައްދަލުކުރި މުބާރާތުގެ 36 ވަނަ މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި، ފުޓްސަލް ދަނޑަށް ދިން ގެއްލުމަކީ އިންތިހާއަށް ކުށްވެރިކޮށް ހިތާމަކުރާ ކަމެއް،" ދިއްދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ދިއްދޫ ކައުންސިލުން ބުނީ މުބާރާތް މެދު ކަނޑާލީ މުބާރާތް ކުރިއަށް ގެންދާނެ ރެފްރީން ހޯދަމަށް ކުރި މަސައްކަތް ވެސް ނާކާމިޔާބު ވުމުންކަމަށެވެ. އަދި އަލުން މި މުބާރާތް ދެން ބާއްވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

މި މުބާރާތުގެ މެޗު ހޫނުވެ ދެ ޓީމާއި ބަލަން ތިބި މީހުންގެ މެދުގައި ވަނީ މާރާ މާރީ ހިންގާފައެވެ. އަދި ދަނޑުގައި އަޅާފައިވާ ޓާފުތައް ވެސް ނައްޓާލާފައެވެ. މި ހަމަނުޖެހުން ކޮންޓްރޯލް ކުރީ ފުލުހުންނާ،، އާންމުނާއި އޮފިޝަލުން ކުރިި މަސައްކަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު