"ސްޕްރީމް ކޯޓަށް ފަހު ބަސް ބުނާގޮތަށް އޮތް އޮތުން ބަދަލުކުރާކަށް ނުވިސްްނަން"

ގާނޫނީ ކަންކަމުގައި އެންމެ ފަހުބަސް ބުނުމުގެ ބާރު އޮންނަނީ ސުޕްރީމްކޯޓަށް ކަމަށް ގާނޫނުއަސީސީގައި އޮތް އޮތުން ބަދަލުކުރަން ބޭނުން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ސްްރީލަންކާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ސުޕްރީމް ކޯޓަށް "ފަހުބަސް ބުނެވުނު ނަމަވެސް އެ ކޯޓުގެ އިހްތިސާސް ނުހިގާ ކަންކަމުގެ ތެރެއަށް ވަނުން ރަނގަޅު ނޫން" ކަމަށްވެ.

"ރައްޔިތުންގެ މަޖިލީސް މެމްބަރުން މި ކަންކަމާ ވިސްނަވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ބަންޑާރަނައިބު އަހުމަދު ރިއްފަތާއި ދަށު ކޯޓުތަކުގެ ފަރާތުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ ފަނޑިޔާރު މުހައްމަދު އީސާފުޅު ވެސް ވަނީ  ސްޕްރީމް ކޯޓުން ޖޭއެސްސީއަށް ފޯރުވަމުން އަންނަ ނުފޫޒު ހުއްޓުވާލުމަށް ރައްޔިތުންެގެ މަޖިލީހުގައި އެދިލައްވާފައެވެ.

ފުލުހުން ބަލަމުން އަންނަ  ތިޝްވަތުގެ މައްސަލައަކާއި ގުޅިިގެން ޖޭއެސްސީން މިދިޔަ ހަފްތާގައި ސުޕްރިމްކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ  ސަސްޕެންޑު ކުރިއެވެ. ނަމަވެސް ސްޕްރީމްކޯޓުން ވަނީ އެ ސަސްޕެންޝަންް އުވާލުމަށްް އަމުރުކޮށްފައެވެ. ނަމަވެސް ޖޭއެސްސީން ބުރާސްފަތި ދުވަހު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވަނީ ސުޕްރީން ކޯޓުން އެހެން ބުނިކަމުގައި ވީނަމަވެސް، ޖޭއެސްސީގެ ނިންމުން ދެމިއޮންނާނެކަމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު