"އިންސާފު ގާއިމް ކުރާ މަންޒަރު ރައްޔިތުންނަށް ފެންނަންޖެހޭ"

އިންސާފު ގާއިމްކުރާ މަންޒަރު ރައްޔިތުންނަށް ފެންނަންޖެހޭ ކަމަށާއި މިހާރު އޮތް ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން އިތުބާރު ނުކުރާކަމަށް ޕްރޮޮސެކިއުޓާ ޖެނެރަލް އައިޝަތު ބިސާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ވަކީލުންނާއި ދައުލަތުގެ ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރާ މުއައްސަސާތަކަށް ބޭއްވި ސެމިނާގައި ޕީޖީ ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ހަމަހަމަކަމާއެކު އެންމެނަށް އަމަލުކުރެވިގެންކަމަށެވެ.

ބިޝާމް ވިދާޅުވީ ޖިނާއީ އިޖުރާތުގެ ގާނޫނަަށް ބައެއް މުއައްސަސާތައް އަދިވެސް އަހުލުވެރިނުވާކަމަށެވެ.

"ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު ހެދުމަކީ މުއައްސަސާތަކުގެ ޒިންމާއަކަށް ވާއިރު އެކަން ވެސް އަދި ނުވެ އޮތުމަކީ ކަންބޮޑުވާކަމެއް،" ބިޝާމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަދުލް އިންސާފުގެ ނިޒާމުގައި ޒަމާނުއްސުރެ ތަފާތުކުރުން ގެންގުޅެއެވެ.  މި މައްސަލަ ހައްލުކުރުމަށް ދައުލަތުގެ މުައްސަސާތަކާއި ސިސާސީ ޕާޓީތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު