ރައީސް ނަޝީދާއި ނައިބު ރައީސް ލަންކާއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއިއެކު ނައިބު ރައީސް ފައިސަލް ނަސީމް ސްރީލަންކާއަށް ވަޑައިގެންފިއެވެ.

މިއީ ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދެ ބޭފުޅުންނާއެކު މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ އިސް ވެރިން ލަންކާއަށް ވަޑައިގަތެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ.

އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ލަންކާއަށް ދިން ހަމަލާއަށްފަހު ލަންކާގެ ފަތުރުވެރިކަންވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

މި ދަތުރުގެ ސަބަބުން ލަންކާއަކީ ދިވެހިންނާއި ދުނިޔެއަށް އަމާންތަނެއްކަން ވަރަށް ބޮޑަށް ހާމަވެެގެންދާނެއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އެމަނިކުފާނުގެ އެންމެ ފުރަތަމަ ދަތުރުފުޅުގައި ދިވެހިރާއްޖެ އަދި ލަންކާއަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު